logo

ދަތިވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 03 އޯގަސްޓު 2026 - 13:17

ދަތިވެއްޖެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ 05 މީހުންގެ އާއިލާއެއްގެ ހަރަދުތައް ވަރަށް ތަފްސީލްކޮށް ހިމަނާފައެވެ.

މިތަފްސީލްގައި ކުރީގެ އަގު ހިމަނާފައި ނުވި ނަމަވެސް މިހާރު އެވްރެޖްކޮށް ގެއެއްގެ ހަރަދާއި އަސާސީ ބޭނުންތަކަށް ހިނގާ ހަރަދުތަކުގެ ތަފްސީލް ވަނީ ހިމަނާފައެވެ.

ރައީސް ނަޝީދުގެ ޕޯސްޓްގައި އާއްމުކޮށްފައިވާ ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު ގޭގެ ބޭނުންތަކަށް ކުރާ ހަރަދުތަކާއި އިންޓަރނެޓާއި ޕެޓްރޯލަށް ހިނގާ ހަރަދާއި ފެނާއި ކަރަންޓްގެ އިތުރުން މޮބައިލް ފޯނު ބިލަށް މިހާރު އެވްރެޖްކޮށް މަހަކަށް އާއިލާއަކަށް ހޭދަވާ މިންވަރު ވަނީ ހިމަނާފައެވެ.

undefinedރައީސް ނަޝީދު ހިއްސާކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް

05 މީހުންގެ އާއިލާއަކަށް ހިނގާނެ ޖުމްލަ ހަރަދުގެ ގޮތުގައި 33،525 ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ރައީސް ނަޝީދުގެ ޕޯސްޓްގައި ހިމަނާފައިވާ ހަރަދުތަކުގެ ތެރޭގައި ލޯނާއި ބޭސްފަރުވާ އާއި ގޭގެ ސާމާނާއި ގޭގެ މެއިންޓަނަންސް ގެ އިތުރުން ފޭރާމާއި އަސާސީ އަދި އިމަރޖެންސީ ހަރަދުތައް ހިމަނާފައެއް ނުވެއެވެ.

ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާތީ އާއްމުން ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ ތަކެތީގެ އަގުބޮޑުވަމުންދާތީ މި އޮގަސްޓް މަހުގެ 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމާފައެވެ.

https://wamco.com.mv/
tel:+9607331319