logo

ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ ފެސިލިޓީ ގާއިމްކުރަން ބިން ހަމަޖައްސައިދީފި

profile

މުޙައްމަދު ފަޟްލޫން - 03 އޯގަސްޓު 2026 - 14:25

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޯސްޓްމޯޓަމްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލެ ސަހަރާ ސަރަޙައްދުން އައި.ޖީ.އެމް.އެޗް އަށް ބިމެއް ހަމަޖައްސައިދީފިއެވެ.

https://wamco.com.mv/

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ލެވެލް 2 ގެ މެޑިކަލް ޔުނިޓެކެވެ.

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީ.އީ.އޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ފެސިލިޓީ ބިނާކުރުމަށް ބޭނުންވާ ބިން މިހާރު ކަނޑައެޅިފައިވާ ކަމަށާއި، އިމާރާތުގެ ކުރެހުންތައް ވެސް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. މި ސެންޓަރު ތަރައްޤީކުރަނީ ސްކޭން ކުރުމުގެ ޒަމާނީ ވަސީލަތްތަކާ އެކުގައެވެ.

މި ޚިދުމަތާ ގުޅޭގޮތުން ސިއްޙީ ވަޒީރު ގީލާ އަލީ ވިދާޅުވި ގޮތުގައި، މި ޔުނިޓްގެ ސަބަބުން ލާއިންސާނީ އަނިޔާތަކާއި، ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ދެނެގަތުމުގެ އިތުރުން، ޝަރުޢީ ކަންކަމާއި އިންޝުއަރެންސްގެ ބޭނުންތަކަށް އަނިޔާގެ މިންވަރު ވަޒަންކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި މަސައްކަތް ކުރިއަށްދަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި އައި.ޖީ.އެމް.އެޗް ގުޅިގެން ކަމަށްވެސް ސީއީއޯ ޙަލީމް ފާހަގަކުރެއްވިއެވެ.


https://wamco.com.mv/
tel:+9607331319