logo

ތިން ރަށެއްގެ ހޭންޑްބޯލް ކޯޓު އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފި

profile

އާމިނަތު ޝަޒްލާ - 03 އޯގަސްޓު 2026 - 13:01

ރާއްޖޭގެ ތިން ރަށެއްގައި ހޭންޑްބޯލް ކޯޓު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން މިއަދު ސޮއިކޮށްފިއެވެ.

https://wamco.com.mv/

ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން ހޭންޑްބޯލް ކޯޓު އެޅުމަށް ހަމަޖެހިފައިވާ ތިން ރަށަކީ ބ. ކުޑަރިކިލު، އއ. މަތިވެރި އަދި ހއ. ފިއްލަދޫއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ފަޔާޒް އަދި ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ރަމީޒެވެ. މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު އިސްމާޢިލް ޝާކިރެވެ.

މި މަޝްރޫޢުތަކާ ގުޅޭގޮތުން ސްޕޯޓްސް މިނިސްޓްރީން ބުނީ، މިއިން ކޮންމެ ރަށެއްގެ ކޯޓު އެޅުމަށް ހަވާލުކޮށްފައިވަނީ 1,695,503.56 (އެއް މިލިއަން ހަލައްކަ ނުވަދިހަ ފަސްހާސް ފައްސަތޭކަ ތިން ރުފިޔާ ފަންސާސް ހަ ލާރި) އަށެވެ.

މި ތިން ރަށުގެ ހޭންޑްބޯލް ކޯޓުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 90 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށާއި، ރަށްރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.

https://wamco.com.mv/
tel:+9607331319