
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ދިވެހި ބިމުގައި އެހެންބަޔަކު ވަޒަންވެެރިކުރުވުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން: މެމްބަރު ޒިޔާދު

މުޙައްމަދު ފަޟްލޫން - 12 އޮކްޓޯބަރު 2026 - 08:53
ދިވެހިރާއްޖޭގެ ބިމުގައި އެހެން ގައުމެއްގެ ބަޔަކު ވަޒަންވެރިކުރުވުމަކީ ކުރަން ހެޔޮވާ ވަރުކަމެއް ނޫން ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި މެމްބަރު ވިދާޅުވީ އިންވެސްޓަރުން ރާއްޖެއަށް އައުމާއި ދެކޮޅު ނޫންކަމަށާއި ހަމައެކަނި ކަންބޮޑުވުމަކީ ރާއްޖޭގައި އެހެން ގައުމެއްގެ ބަޔަކު ވަޒަންވެރިކުރުވައިގެން ދިރިއުޅުން ކަމަށެވެ.
ދިވެހިންނަށް ވުރެ ބިދޭސީން މިއަދު ރާއްޖޭގައި ވަޒީފާ އަދާކުރާ މިންވަރު މިއަދު މަދުކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ ވަޒީފާ އާއި ބެހޭ ގާނޫނުގައި ދިވެހިން ތިބެންޖެހޭ މިންވަރު ލާޒިމް ކުރެވިފައިވީ ނަމަވެސް އެކަންކަން އެހެން ނުވާ ކަމަށެވެ.
ރަސްމާލެ މަޝްރޫއު ބޭރު ބަޔަކަށް 99 އަހަރަށް މިސަރުކާރުން ދޭން ނިންމާފައިވާ ނިންމުމާއި ގުޅިގެން މެމްބަރު ވިދާޅުވީ އެތަނުގައި 99 އަހަރަށް ބޭރު ބަޔަކު ތިބޭއިރު އެތަނުގައި ތިބޭ މީހުން ދިވެހިރާއްޖޭގެ ގާނޫނަށް ކަމޭހިތާނެ ކަމަށް މިސަރުކާރުން ބުނަމުންދާ ކަމަށެވެ.
މިސަރުކާރުން ދިވެހިންނަށް 15 ހާސް ވަޒީފާ ރަަސްމާމެ މަޝްރޫއު މެދުވެރިކޮށް ލިބޭނެ ކަމަށް ބުނެފައިވާތީ މެމްބަރު ވަނީ އެކަން އެހެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
މިއަދު ބޭރުމީހުންގެ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މީހުންގެ އަދަދު ދަށަށް ގޮސްފައިވާތީ އެކަމުގެ ކަންބޮޑުވުން މެމްބަރު ވަނީ ފާޅުކުރައްވާފައެވެ.
ރިސޯޓްތަކުގައި ދިވެހިން ތިބެންޖެހޭ މިންވަރު ގާނޫނަކުން ލާޒިމްކޮށްފައިވީ ނަމަވެސް އެއަދަދަށް ދިވެހިން ނުތިބޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. އެގާނޫނަކީ ތަންފީޒް ނުކުރެވޭ ގާނޫނެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ގާނޫނު ތަންފީޒު ނުކުރުމުގައި އެެންމެ މަތީޖަރަޖައިގެ ގައުމެއް ކަމަށާއި ހާއްސަކޮށް ބޭރުމީހުންނާއި ބެހޭ ގާނޫނު ތަންފީޒު ކުރުމުގައި އިހުމާލުވާ ގައުމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.
ބައެއް މަޖިލިސް މެމްބަރުންގެ ވާހަކަ ބަދަލުވަމުންދާ ވާހަކަ ދައްކަވައި މެމްބަރު ވިދާޅުވީ އިއްޔެގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި މަޖިލީހުގައި ވާހަކަ ދެއްކެވި ބޭފުޅުން މިއަދު އެމަނިކުފާނާއި ދެކޮޅަށް ވާޙަކަ ދައްކަމުންދާ ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކުރި ހުރިހާކަމެއް މިއަދު ނުބައިވެ 99 އަހަރަށް ބިން ބޭރު ބަޔަކަށް ދިނުން މަޖިލީހުގެ ބައެއް މެމްބަރުންނަށް މިއަދު ރަނގަޅުވެފައިވާ ކަަމަށް މެމްބަރު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއު ބޭރުބަޔަކަށް 99 އަހަރަށް ދޭން ނިންމާއިރު، ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ބ އުވާލާފައި އަދި އެއްފަހަރު މަޖިލީހުގައި އެކަން ކުރަން ފެނޭތޯ އަހާލަން ހުށަހަޅުއްވާ ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަޝްހޫރު ފަރުނީޗަރު ބްރޭންޑް "ލިންސީ" ގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި
7 ގަޑިއިރު ކުރިން

ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް އިއްވުން މި މަހު 29 ގައި
7 ގަޑިއިރު ކުރިން

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގެ 3 މަސްބޯޓު އަތުލައިގެންފި
10 ގަޑިއިރު ކުރިން

ރަސްމާލެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ނިންމުމާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ފާޑުވިދާޅުވެއްޖެ
10 ގަޑިއިރު ކުރިން


