
ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް އިއްވުން މި މަހު 29 ގައި

މުޙައްމަދު ފަޟްލޫން - 13 އޮކްޓޯބަރު 2026 - 17:24
ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ހުކުމް އިއްވުން މި މަހު 29 ވަނަ ދުވަހަށް ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތާއި ދިފާއުގެ ހުލާސާ ބަޔާން އިއްވައި ނިންމުމާއި ގުޅިގެން މައްސަލަ ބައްލަވާ ފަނޑިޔާރު އަލީ ނަދީމް ވަނީ ހުކުމް އިއްވުމުގެ އަޑުއެހުން މި އޮކްޓޯބަރު މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9 ޖަހާއިރު ބާއްވަން ނިންމާފައެވެ.
ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑްރިންގ ގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެެ.
މި މައްސަލައިގައި ފުރަތަމަ 6 ފަރާތެއްގެ މައްޗަށް ތުހުމަތުކޮށް ދައުވާކުރި ނަމަވެސް މިހާރު ޝަރީއަތް ކުރިއަށް ގެންދަނީ ހަމައެކަނި ރައީސް ޔާމީންގެ މައްޗަށެވެ.
ފުއްގިރި ހިޔާނާތުގެ މައްސަލައިގެ ހުކުމް މި މަހުގެ 29 ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު، ވ އާރަށް ހިޔާނާތުގެ މައްސަލައިގެ ޝަރީއަތްތައް ވެސް އަލުން ފަށައިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަމުންދާކަން ފާހަގަކޮށްލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަޝްހޫރު ފަރުނީޗަރު ބްރޭންޑް "ލިންސީ" ގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި
5 ގަޑިއިރު ކުރިން

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގެ 3 މަސްބޯޓު އަތުލައިގެންފި
9 ގަޑިއިރު ކުރިން

ރަސްމާލެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ނިންމުމާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ފާޑުވިދާޅުވެއްޖެ
9 ގަޑިއިރު ކުރިން

ބޭސްފަރުވާކުރަން 1000 ޑޮލަރު ދޫކުރާނެ 6 ގައުމެއް ކަނޑައަޅައިިފި
11 ގަޑިއިރު ކުރިން


