logo

މަޝްހޫރު ފަރުނީޗަރު ބްރޭންޑް "ލިންސީ" ގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

profile

ޖިނާން ޙުސައިން ޖަބީން - 13 އޮކްޓޯބަރު 2026 - 17:25

ދުނިޔޭގެ 67 ގައުމެއްގައި 1،000 އަށްވުރެ ގިނަ ޝޯރޫމް ހިންގަމުން އަންނަ، އަދި އޭޝިއާގެ އެންމެ ނުފޫޒުގަދަ 500 ބްރޭންޑުގެ ތެރޭގައި ހިމެނޭ "ލިންސީ ހޯމް" ގެ ޝޯރޫމެއް އެސްޓާސް އިން މާލޭގައި ހުޅުވައިފިއެވެ.

https://wamco.com.mv/

އަމީރު އަހުމަދު މަގުގައި ހުންނަ އެސްޓާސް އިމާރާތުގެ 5 އަދި 6 ވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާ މި ޝޯރޫމަކީ، ފެންވަރު ރަނގަޅު ޒަމާނީ ފަރުނީޗަރު ހެޔޮ އަގުގައި ދިވެހި އާއިލާތަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހުޅުވި ތަނެކެވެ. މި ޝޯރޫމް ހުޅުވުމުގެ މުނާސަބަތުގައި، ފުރަތަމަ 30 ދުވަހުގެ ނިޔަލަށް ޑިސްޕްލޭކޮށްފައިވާ ހުރިހާ ފަރުނީޗަރަކުން 20 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އެސްޓާސް އިން މައުލޫމާތުދެއެވެ.

މި ޝޯރޫމުން ސިޓިންގރޫމް، ނިދާކޮޓަރި، ބަދިގެ، ކުޑަކުދިންގެ ކޮޓަރި އަދި އޮފީސްތަކަށް ބޭނުންވާ ފަރުނީޗަރުތައް ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި ސޯފާ، އެނދު، ކާ މޭޒު ސެޓު އަދި އަލަމާރި ފަދަ ތަކެތި ހިމެނެއެވެ.

2007 ވަނަ އަހަރު ވުޖޫދުވި "ލިންސީ" ބްރޭންޑަކީ ފަރުނީޗަރާއި ގޭތެރެ ޒީނަތްތެރިކުރާ ސާމާނު އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުންފުންޏެކެވެ. ދުނިޔޭގެ 95 އަށްވުރެ ގިނަ ގައުމަކުން 13 މިލިއަނަށްވުރެ ގިނަ ގޭބިސީތަކުގައި މި ބްރޭންޑުގެ އުފެއްދުންތައް ބޭނުންކުރަމުންދާއިރު، ސިންގަޕޫރު، މެލޭޝިއާ، ފިލިޕީންސް އަދި ބުރުނާއީ ފަދަ ގައުމުތަކުގައި ވެސް މި ބްރޭންޑުގެ ހިދުމަތް އަންނަނީ ދެމުންނެވެ.

ލިންސީ ބްރޭންޑުން ކޮންމެ މަހަކުވެސް ގާތްގަނޑަކަށް އައު 200 އުފެއްދުން ބާޒާރަށް ނެރެމުންދާއިރު، މޮޑަން މިނިމަލިސްޓް، ނޯޑިކް އަދި ވާބީ-ސާބީ ފަދަ ޒަމާނީ އެކި ސްޓައިލްތަކުގެ 10،000 އަށްވުރެ ގިނަ ވައްތަރުގެ މުދާ މި ބްރޭންޑުގައި ހިމެނެއެވެ. މި އުފެއްދުންތަކަކީ މަތީ ފެންވަރުގެ ލެދަރ، ވަރުގަދަ ލަކުޑި، ސިންޓަރޑް ސްޓޯން އަދި ބެކްޓީރިއާއިން ރައްކާތެރިކޮށްދޭ ފޮތި ފަދަ ތަކެތި ބޭނުންކޮށްގެން، ބައިނަލްއަޤްވާމީ ފެންވަރުގެ ޓެސްޓުތަކުން ފާސްވެފައިވާ އިތުބާރު ހުރި ތަކެއްޗެވެ.

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ލައިފްސްޓައިލް، ފަރުނީޗަރު އަދި އިލެކްޓްރޯނިކްސް ސާމާނު އެތެރެކޮށް ވިއްކަމުން އަންނަ އެސްޓާސް އިން މައުލޫމާތުދޭ ގޮތުގައި، ލިންސީ ބްރޭންޑުގެ އުފެއްދުންތައް ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެއެވެ. މީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ހުރި މި ބްރޭންޑުގެ އިތުރު އުފެއްދުންތަކުގެ މައުލޫމާތު އަދި އިން ލިބެން ހުންނާނެއެވެ.

https://wamco.com.mv/
tel:+9607331319