logo

ރަސްމާލެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ނިންމުމާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ފާޑުވިދާޅުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 13 އޮކްޓޯބަރު 2026 - 13:44

ރަސްމާލެ މަޝްރޫއު ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހްމަދު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ނިންމުމަށް ފާޑު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ފެނިގެންދަނީ ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމުގެ މިނިވަންކަން ގެއްލި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ދައުލަތުގެ އެންމެ މަތީ ކޯޓް ގޮސްފައިވާ މިންވަރު ކަމަށެވެ.

ރަސްމާލޭގެ މައްސަލަ އަކީ ކޯޓްތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ފުރަތަމަ މަރުހަލާގައި އެކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެކަމާއި ގުޅިގެން ޑރ އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ އެކަމަކީ ކަނޑައެޅިގެން ގާނޫނު އަސާސީގެ 66 ވަނަ މާއްދާ އާއި އެނޫންވެސް ކަމާއި ބެހޭ ގާނޫނު އަސާސީގެ މާއްދާތަކާއި ކޯޓުތަކުގެ ގާނޫނުތަކާއި މާއްދާތަކާއި ހިލާފު ނިންމުމެއްކަމާއި މެދު އެއްވެސް ޝައްކެެތްނެތް ކަމަށެވެ.

ރަސްމާލެ މަޝްރޫއު ފަދަ ޕަބްލިކް އިންޓްރެސްޓް ލިޓިގޭޝަންގެ މައްސަލައެއް ފަނޑިޔާރުންގެ މަޖިލީހުން ބަލައި ނުގަތުމަށް ނިންމަންވާނީ އިޖްރާއީ އަޑުއެހުމަކަށްފަހު ގާނޫނީ ސަބަބުތައް ސާފުކޮށް ބަޔާންކުރުމަށްފަހުގައި ކަމަށްވެސް ޑރ އަހްމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ

ރަޖިސްޓްރަރ އޭނާގެ އިހްތިސާސުން ބޭރުވެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބޭރުކުރުމަކީ ހައްދުފަހަނަ އަޅައި ދިއުން ކަމުގައި މެނުވީ ނުވާނެކަމަށްވެސް ޑރ އަހްމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ.

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި އެމައްސަލަ ބޭރުކޮށްލާފައެވެ.

https://wamco.com.mv/
tel:+9607331319