
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު
އިތުބާރުނެތް ކަމުގެ މައްސަލައިގައި ވަޒީރު ސައީދަށް ޖަވާބުދާރީވާން 1 ގަޑިއިރު ދޭން ނިންމައިފި

މުޙައްމަދު ފަޟްލޫން - 10 އޯގަސްޓު 2026 - 12:00
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުން ޖުމްލަ 2 ގަޑިއިރުގެ ވަގުތެއް ކަނޑައަޅައިފިއެވެ.
މި މަހުގެ 1 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި މި މައްސަލައަކީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ 13 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ މައްސަލައެކެވެ.
ވަޒީރުގެ އިތުބާރު ނެތްކަމަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، އެމަނިކުފާނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާ ހިލާފުވެވަޑައިގަތުމާއި، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުއްވުން ހިމެނޭކަމަށް އެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
މަޖިލީހުގެ އާއްމު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ، މި މައްސަލައިގެ ބަހުސަށް ކަނޑައެޅި 2 ގަޑިއިރުގެ ތެރެއިން 1 ގަޑިއިރު ވަޒީރަށް އަމިއްލަފުޅު ދިފާއުގައި ވާހަކަދެއްކެވުމަށް އެރުވުމަށެވެ.
ބާކީ އޮތް 1 ގަޑިއިރު މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ސިޔާސީ ޕާޓީތަކަށް ބަހުސް ކުރުމަށް ފުރުސަތު ދިނުމަށް ވަނީ ފާސްކޮށްފައެވެ.
މި ހިނގާ ދައުރުގެ ތެރޭގައި މީގެ ކުރިންވެސް ސަރުކާރުގެ ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް، އެ ދެ މައްސަލަވެސް މަޖިލީހުން ނިންމާފައިވަނީ އެ ވަޒީރުންގެ އިތުބާރު އޮތް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ: އިހުސާން
3 ގަޑިއިރު ކުރިން

ޕީޖީ އޮފީހުގެ 2.0 މަޝްރޫޢު ރައީސް އިފްތިތާޙުކޮށްދެއްވައިފި
3 ގަޑިއިރު ކުރިން

ޑޮލަރުގެ އަގު މައްޗަށްދަނީ ޑޮލަރު ނެތީމަ: ރައީސް ނަޝީދު
3 ގަޑިއިރު ކުރިން

ސުޕްރީމް ކޯޓް ވާކޮށްލާފައި 1 އަހަރަށްވުރެ ގިނަދުވަސް ބޭއްވި: ޝިފާޒް
5 ގަޑިއިރު ކުރިން


