
ތަންފީޒީ އިދާރާތަކުގެ މަސައްކަތަށް ހުރަސް ނޭޅުމަށް އެންއައިސީން އިލްތިމާސްކޮށްފި

މުޙައްމަދު ފަޟްލޫން - 05 އޯގަސްޓު 2026 - 13:29
ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްނޭޅުމަށާއި، އެ މުއައްސަސާތަކުގެ އިތުބާރު ގެއްލޭފަދަ ވާހަކަތައް ނުފެތުރުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ ) އިން އިލްތިމާސްކޮށްފިއެވެ.
އެންއައިސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަންފީޒީ އިދާރާތަކުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާތަކާ މެދު އާންމުންގެ މެދުގައި ކުށްހީތަކާއި ޝައްކު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެންއައިސީ އިން ފާހަގަކުރި ގޮތުގައި، އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަކީ ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.
އެހެންކަމުން، ތަންފީޒީ މަސައްކަތްތަކަށް ދަތިވާނެ އެއްވެސް އަމަލެއް ނުހިންގުމަށާއި، ޤާނޫނު ނެގެހެއްޓުމުގައި އެ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ނުވަތަ މުވައްޒަފަކު ގާނޫނާއިގަވާއިދާ ހިލާފު ކަމެއް ކުރިކަމަށް ތުހުމަތުކުރެވޭނަމަ، އެ މައްސަލައެއް ރަސްމީކޮށް ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަން އެންއައިސީ އިން ހަނދާންކޮށްދީފައިވެއެވެ.
ކޮމިޝަނަށް ހުށަހެޅޭ މިފަދަ ޝަކުވާތައް ބަލައި ތަޙުޤީޤުކުރުމަކީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ކޮމިޝަނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާއެއްކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ތިލަފުށީގެ ކުނި ކުނބުރުދޫއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށްދިނުމަށް އެމްޑީޕީ އިން އެދިއްޖެ
3 ގަޑިއިރު ކުރިން

އއ. އުކުޅަހުގައި ކުރިއަށްގެންދެވި ގަސް އިންދުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
5 ގަޑިއިރު ކުރިން
އައިރީނާގެ ދާއިމީ މަންދޫބަކަށް ޠާރިޤް އައްޔަންކުރަން ރުހުން ދީފި
5 ގަޑިއިރު ކުރިން

މިއަދުގެ ހާލަތަށް ވިސްނައި ބަދަލުނުކޮށް ދެން ކޮޅަކަށް ނުހުރެވޭނެ: ޝިފާޒް
7 ގަޑިއިރު ކުރިން


