logo
އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް

އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް

ވަޒީރުންނާއި މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒް

profile

އާމިނަތު ޝަޒްލާ - 21 އޮކްޓޯބަރު 2026 - 17:28

ރައްޔިތުންގެ މަޖިލީހުން ކުރާ މާބޮޑު މަސައްކަތެއް ނެތި، އަދި ސަރުކާރަށް ވެސް އެދެވޭ ނަތީޖާއެއް ނެރެދެވިފައި ނުވާއިރު، ވަޒީރުންނާއި މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ދިވެހި ރައްޔިތުންނަށް ކުރި ބޮޑު މަލާމާތެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ފައްޔާޒް މިހެން ވިދާޅުވީ މިރޭ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކުރުމަށާއި، ވަޒީރުންގެ މުސާރައަށް 10،000 ރުފިޔާ އިތުރުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމާ ގުޅިގެންނެވެ.

އެކަމަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތެއް ނެތް ކަމަށާއި އަދި ސަރުކާރަށް ވެސް އެއްވެސް ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިއަދު މަޖިލީހުން އެ ނިންމީ ވެރިންގެ މުސާރަތައް ބޮޑުކުރުމަށް ކަމަށް ފާހަގަކުރައްވައި، މިއަށްވުރެ ދަށު ދަރަޖައިގެ މަޖިލީހެއް އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

View post on Twitter

"މިއަދު ވެސް އެ ކުރީ ދިވެހި ރައްޔިތުންނަށް ކުރާ ބޮޑު މަލާމާތެއް. ތަކެތީގެ އަގުތައް އުފުލި އެތައް ބަޔަކު ދަތީގައި އުޅެމުންދާ މި ދަނޑިވަޅުގައި މިއީތޯ ނުކުރެވި އޮތް ކަމަކީ؟" ރާއްޖޭގެ އިގްތިސާދީ ހާލަތަށް އިޝާރާތް ކުރައްވައި ފައްޔާޒް ސުވާލު އުފެއްދެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދައުލަތުގެ އިސް މަގާމުތަކުގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމަށް ފާސްކޮށްފައިވާއިރު، ގައުމުގެ އިގްތިސާދީ ދަތިކަމާއި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ އަގުތައް އިންތިހާއަށް އުފުލެމުންދާތީ އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުންތައް ވެސް މި ނިންމުމާ ގުޅިގެން ވަނީ އުފެދިފައެވެ.

މި ސަރުކާރުގެ އިސް މަގާމުތަކުގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމަކީ މިފަދަ ހައްސާސީ ދަނޑިވަޅެއްގައި ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319