logo
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް!

profile

އާމިނަތު ޝަޒްލާ - 20 އޮކްޓޯބަރު 2026 - 13:00

ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ހަރުދަނާކުރުމުގެ ގޮތުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

https://wamco.com.mv/

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީއެވެ.

މި ބިލު ހުށަހެޅުއްވި ސަބަބުތައް ބަޔާންކުރައްވަމުން މެންބަރު އިބްރާހީމްދީދީ ވިދާޅުވީ، މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓާއި، އެ ޕްރޮޑަކްޓްތައް ފޯރުވައިދޭ ޚިދުމަތްތަކުން ނަގަމުން އައި ޓެކްސް ނެގުން ހުއްޓާލުން ކަމަށެވެ. މިފަދަ ފަރާތްތަކުން ޓެކްސް ނަގަން ފަށާފައިވަނީ 1 އޮކްޓޫބަރު 2026 ގައެވެ. މީގެއިތުރުން، ޤަވާއިދުން ޖީއެސްޓީ ދައްކަމުން ނުދާ ފަރާތްތަކާމެދު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެޅޭނެ ޤާނޫނީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަކީވެސް މި އިޞްލާޙުގެ މުހިންމު ބޭނުމެކެވެ.

ހުށަހެޅިފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއްވެސް ފަރާތަކަށް ޓެކުހާ ގުޅޭ މަންފާއެއް ލިބިފައިވުން ނުވަތަ އެ ފަރާތަކުން ކޮށްފައިވާ މުޢާމަލާތުގެ ޙަޤީޤަތަށް ބަލާއިރު އެކަން ކޮށްފައިވަނީ ޓެކުހުގެ މަންފާއެއް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް ބެލެވޭ ހާލަތްތަކުގައި، އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކޮށްފައިވާ މުޢާމަލާތެއްގެ ގޮތުގައި ބެލެވޭނެއެވެ.

އަދި ޖީއެސްޓީ ދެއްކުމުން އެއްފަރާތްވުމަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެ މުޢާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވޭނެ މުޢާމަލާތެއް ނޫންކަމަށް ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ވަނީ ދީފައެވެ. މި ބިލުގައި ޓެކުހާ ގުޅޭ ނާޖާއިޒު މަންފާގެ ގޮތުގައި ބަލާނެ ހާލަތްތައް ތަފްޞީލުކޮށްފައިވާއިރު، އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކުޑަކުރުމާއި، ޖީއެސްޓީ ދައްކަންޖެހޭ ތާރީޚު ލަސްކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ބިލުގައި ހިމަނާފައިވާ މާލީ އަންދާޒާތަކަށް ބަލާއިރު، ބިލު ތަންފީޒުކުރަން ފެށުމުން އިންބައުންޑް ޓުއަރިޒަމްގެ ތެރެއިން ކުރިން ލިބޭނެ ކަމަށް ލަފާކުރި ބޮޑު އާމްދަނީއެއް ދަޢުލަތަށް ނުލިބޭނެއެވެ. އެގޮތުން، އޮފްޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ފޮރިން ޓުއަރ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީގެ ގޮތުގައި ދަޢުލަތަށް 1608.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް މީގެކުރިން ވަނީ އަންދާޒާކޮށްފައެވެ.

https://wamco.com.mv/
tel:+9607331319