logo

މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެެއިން 623 މިިލިއަން ރުފިޔާ ހޯދައިފި

profile

މުޙައްމަދު ފަޟްލޫން - 14 އޮކްޓޯބަރު 2026 - 08:31

މީރާ އަށް ނުލިބި ހުރި ޓެކްސް އާއި އެހެނިހެން ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި 623 މިލިއަން ރުފިޔާ ހޯދައިފިއެވެ.

https://wamco.com.mv/

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ފައިސާ ހޯދާފައިވަނީ ތަފާތު އެކި ފިޔަވަޅުތައް އަޅައިގެންނެވެ.

އެންމެ ބޮޑު އަދަދެއް ހޯދިފައިވަނީ ފައިސާ ދެއްކުމަށް އެދި ނޯޓިސް ފޮނުވައިގެންނެވެ.

ނޯޓިސް ފޮނުވައިގެން 395 މިލިއަން ރުފިޔާ ހޯދާފައިވާއިރު، ޑިއުސް ކްލިއަރެންސްގެ ގޮތުގައި 87 މިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެ.

މީގެ އިތުރުން، ފައިސާ ދެއްކުމަށް ވެފައިވާ އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 123 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކްސް ދައްކަންޖެހޭ ފަރާތްތަކަށް ފޯނުން ގުޅައި، ފައިސާ ދެއްކުމަށް ހަނދާންކޮށްދީގެން 10 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށްވެސް މީރާއިން ވަނީ ބުނެފައެވެ.

ފައިސާ ނުދައްކައި ގިނަ ދުވަސްވީ ފަރާތްތަކާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ބޭންކް އެކައުންޓްތައް ފްރީޒްކޮށްގެން 8 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށްވެސް މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މީރާއިން އަޅަމުން ގެންދެއެވެ.

https://wamco.com.mv/
tel:+9607331319