logo

ޕީއެންސީ އަކީ އެންމެ ހަލާލު މެންބަރުން ގިނަ ޕާޓީ: ސުޖާއު

profile

ރިޟްވާން މޫސާ - 05 ސެޕްޓެމްބަރު 2026 - 08:05

ޕީޕަލް ނެޝެނަލް ކޮންގްރެސް ޕީއެންސީ އަކީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ހަލާލު މެންބަރުން ގިނައިން ތިއްބެވި ޕާޓީ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޝުޖާއު އެކްސްގައި ވިދާޅުވެފައިވަނީ، ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތަކީ ވަރަށް ހާއްސަ މަސައްކަތެއްގެ ގޮތުގައި ދެކިގެން އެ މަސައްކަތް ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު އެއްވެސް ދިވެހި ރައްޔިތަކަށް އެ މީހާއަށް ނޭނގި ސިޔާސީ ޕާޓީއަކަށް ނުވެެއްދޭނެ ކަމަށް ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ ޝުޖާއު އެކްސްގައި ވިދާޅުވެފައިވަނީ، ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތަކީ ވަރަށް ހާއްސަ މަސައްކަތެއްގެ ގޮތުގައި ދެކިގެން އެ މަސައްކަތް ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު އެއްވެސް ދިވެހި ރައްޔިތަކަށް އެ މީހާއަށް ނޭނގި ސިޔާސީ ޕާޓީއަކަށް ނުވެެއްދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ޕީއެންސީއަށް ނުވަދެގެން އެއީ ސަބަބެއް ކަމަށް ބަލައިގެން އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި އެގޮތަށް ވަޒީފާތައް ގެއްލިފައިވަނީ ރައީސް ނަޝީދު، ރައީސް ސޯލިހު އަދި ރައީސް ޔާމީންގެ ވެރިކަންތަކުގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ސަރުކާރުތަކުގައި ކުންފުނިތަކުގެ މުވައްޒަފުންނަށް ކުލަ ކާޑު ދީގެން ޖަލްސާތަކަށް ދިޔުމަށް މަޖުބޫރުކުރުވި ކަމަށާއި އެކަންކަން ކުރުވި ސިޔާސީ ވެރީން މިއަދު އެ ވާހަކަ ދެއްކުމުން ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށެވެ.

އެއްވެސް ރައްޔިތަކަށް ނޭނގި އެ ރައްޔިތަކު ޕީއެންސީގައި ދަފްތަރުކުރެވިފައިވާނަމަ އެކަން ރިޕޯޓުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮންނާނީ ކުރިން ހުޅުވާލާފައި ކަމަށާއި އެއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އެގޮތަށް ހުޅުވާލި ފުރަތަމަ ފަހަރު ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319