
އައްޑޫސިޓީ ހުޅުދޫ ޕޮލިސް ސްޓޭޝަން
އައްޑޫ ސިޓީގައި ބިދޭސީ އަކު ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ!

ރިޟްވާން މޫސާ - 05 ސެޕްޓެމްބަރު 2026 - 05:51
އައްޑޫ ހުޅުދޫގައި އުމުރުން 16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަނިޔާލިބިފައިވަނީ އުމުރުން 16 އަހަރުގެ ކުއްޖަކަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ބިދޭސީ މީހާއަކީ ހުޅުދޫގައި ދޯނި ބަނުމުގެ މަސައްކަތް ކުރަމުންދާ މީހެކެވެ.މި މައްސަލައާ ގުޅިގެން އިތުރަށް ސާފުވި ގޮތުގައި، ތުހުމަތުކުރެވޭ ބިދޭސީ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭ ގާތްގަނޑަކަށް 22:30 ހާއިރު އެވެ.
ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށްވާތީ، މިއީ ޚާއްޞަ އިސްކަމެއް ދީގެން ފުލުހުންނާއި، ކުޑަކުދިންނާއި އާއިލާއާ ބެހޭ ވުޒާރާ ގުޅިގެން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލައެކެވެ.
ދިވެހިރާއްޖޭގެ "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު" (ޤާނޫނު ނަންބަރު: 12/2009) ގެ ދަށުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއަކީ އެންމެ ބޮޑެތި ޖިނާއީ ކުށްތަކުގެ ތެރޭގައި ހިމެނޭ، ވަރަށް އިންތިހާއަށް އަދަބު ބޮޑު ކުށްތަކެކެވެ.
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއްއޮވެގެން ބީހުން، ނުވަތަ ކުއްޖާ ލައްވައި ޖިންސީ ޢަމަލެއް ކުރުވުން، ނުވަތަ ކުއްޖާގެ ހާޒިރުގައި ޖިންސީ އަމަލެއް ހިންގުމަކީ ކުށެކެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެއްޖެނަމަ، 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްެލުން އަދަބެއްގެ ގޮތުގައި ކަނޑައެޅެއެވެ.
ބިރުދައްކައިގެން ނުވަތަ ނުފޫޒު ފޯރުވައިގެން ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގައިފިނަމަ، އަދަބަކީ 18 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.ރާއްޖޭގައި އުޅޭ ބިދޭސީއަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެއްޖެނަމަ، ހުކުމް ތަންފީޛުކުރުމަށްފަހު ނުވަތަ ހުކުމާއެކު އެމީހަކު ރާއްޖެއިން ޑީޕޯޓްކޮށް، އަލުން ރާއްޖެ އެތެރެވުން މުޅިން މަނާކުރެވޭނެއެވެ.
ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކާ ދެކޮޅަށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން އަންނަނީ އެއްވެސް ދޫދިނުމެއްނެތް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޑްރަގްގެ ދެ ބޮޑުން ތިނަދޫން ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

ޕީއެންސީ އަކީ އެންމެ ހަލާލު މެންބަރުން ގިނަ ޕާޓީ: ސުޖާއު
ގަޑިއިރެއް ކުރިން

ރައްޔިތުންގެ ރައްކާތެރިކަމަށް ފުލުހުން ކުރަނީ އަގުހުރި ގައުމީ މަސައްކަތެއް: ހޯމް މިނިސްޓަރ
ގަޑިއިރެއް ކުރިން

ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްދަނީ ކުރަމުން: ކޮމިޝަނަރ އޮފް ޕޮލިސް
ގަޑިއިރެއް ކުރިން


