
ރައްޔިތުންގެ ރައްކާތެރިކަމަށް ފުލުހުން ކުރަނީ އަގުހުރި ގައުމީ މަސައްކަތެއް: ހޯމް މިނިސްޓަރ

ރިޟްވާން މޫސާ - 05 ސެޕްޓެމްބަރު 2026 - 08:05
ރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހި ފުލުހުން ފޯރުކޮށްދެއްވަމުން އަންނަނީ އަގުހުރި ގައުމީ ޙިދުމަތެއް ކަމަށް ދާޚިލީ ސަލާމަތާއީ މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކުވެރިކަމުގެ ހިނގާލުން ނިންމާލުމަށްފަހު ދެއްކެވި ވާހަަކަފުޅުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވީ ފުލުހުން އަދާކުރަމުންދަނީ ގައުމީ ވާޖިބެއް ކަމަށާއި، އެއީ ގައުމީ ޒިންމާއެއް ކަމުގަ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ވެސް މިވަގުތު ފުލުހުންގެ ޙިދުމަތް ލިބެމުން އަންނަ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފުލުހުން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ޙިދުމަތްތައް ދިނުމުގައި ގޮންޖެހުންތަކެއްވެސް އެބަހުރި ކަމަށެވެ.
އިޙްސާން ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް ފުލުހުން މިއަދު ކުރައްވަމުން ގެންދަވާ މަސައްކަތް ތަކުގައި އެއްވެސް މިންވަރަކަށް ތަފާތުނެތް ކަމަށާއި، މަސައްކަތްތަކުގައި ކާމިޔާބް އޮޕަރޭޝަންތަކެއް ހިންގަވަމުން އަންނަ ކަމަށެވެ.
އިޙްސާން ވަނީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިއްޔާ ފުލުހުންނާއި މީގެ ކުރިން ޚިދުމަތް ކުރެއްވި ފަރާތްތަކާއި އަދި ފުލުހުންގެ ޢައިލާތަކަށް ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ ފުލުހުން އަސްކަރީ ޚިދުމަތަކުން މަދަނީ ޚިދުމަތަކަށް ބަދަލުވިތާ 22 އަހަރު ވެގެންދިޔައިރު އެ އިދާރާއަށް ބޭނުންވާ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތަށް ޤާއިމްކުރެވިފައި ނުވާ ކަމަށެވެ.
ވަޒީރު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްވެގެން ދިޔައީ މިދައުރުގެ ތެރޭގައިކަން ފާހަގަކުރައްވާފައެވެ. މި ސަރުކާރު ހަވާލުވިއިރު އަތޮޅުތަކުގެ އަމިއްލަ މަރުކަޒުގައި ޚިދުމަތް ދެމުން ދިޔައީ އެންމެ 17 މަރުކަޒުގައި ކަމަށް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޑްރަގްގެ ދެ ބޮޑުން ތިނަދޫން ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

ޕީއެންސީ އަކީ އެންމެ ހަލާލު މެންބަރުން ގިނަ ޕާޓީ: ސުޖާއު
ގަޑިއިރެއް ކުރިން

ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްދަނީ ކުރަމުން: ކޮމިޝަނަރ އޮފް ޕޮލިސް
ގަޑިއިރެއް ކުރިން

އައްޑޫ ސިޓީގައި ބިދޭސީ އަކު ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ!
3 ގަޑިއިރު ކުރިން


