logo

ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްދަނީ ކުރަމުން: ކޮމިޝަނަރ އޮފް ޕޮލިސް

profile

ރިޟްވާން މޫސާ - 05 ސެޕްޓެމްބަރު 2026 - 08:05

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ވެސް ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް ޕޮލިސް ކޮމިޝަނަރ އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެކުވެރިކަމުގެ ހިނގާލުން ނިންމާލުމަށްފަހު ދެއްކެވި ވާހަަކަފުޅުގައި ކޮމިޝަނަރ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ފުލުހުންގެ ޤާބިލުކަމާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޮޑު އިސްކަމެއް ދީގެން މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 1 ސެޕްޓެމްބަރު 2004 ގައި، އޭރުގެ ސިފައިންގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކޮށް، މަދަނީ މުއައްސަސާއެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތް އުފެއްދުމާ ގުޅިގެންނެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ފުލުހުންގެ ޚިދުމަތް އަސްކަރީ ބާރަކުން މަދަނީ ޚިދުމަތަކަށް ބަދަލުވެގެން ދިޔުމަކީ ވަރަށް މުހިންމު ތާރީޚީ ބަދަލެއް ކަމަށެވެ.

އަދި ވިދާޅުވީ ފާއިތުވި 22 އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާވެގެން ދިޔައިރު، އިންފްރާސްޓްރަކްޗަރ އަދި ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ގާއިމުވެފައި ނެތުމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ.

ފުލުހުންގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޚާއްސަ ދާއިރާތަކުން ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ދެމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި ފުލުހުން ރެއާއި ދުވާލު ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އެންމެ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319