
ރިސޯޓް ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ

މުޙައްމަދު ފަޟްލޫން - 17 އޯގަސްޓު 2026 - 12:14
ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން، ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުރި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމުން ނެރުއްވި އިޢުލާނެއްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މި ފިޔަވަޅުތައް އެޅުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މިހާރު ހިދުމަތް ދެމުންދާ ތަންތަނާއި، އަދި އެ މިނިސްޓްރީގެ ހުއްދައަކާ ނުލައި ޚިދުމަތް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން ދައުލަތަށް އަދާކުރަންޖެހޭ ފައިސާ ދައްކާފައި ނުވާ ފަރާތްތަކަށެވެ.
ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން، ދައްކަންޖެހޭ އެންމެހައި ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައްކައި ހަލާސްކުރަން މިނިސްޓްރީން ވަނީ އެފަރާތްތަކަށް އަންގަވާފައެވެ.
މި މައްސަލައިގައި އަޅާނެ ހާއްސަ ފިޔަވަޅުތަކުގެ ތަފްސީލު އެ އިއުލާނުގައި ހިމަނާފައި ނުވިނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ޤާނޫނާއި ގަވާއިދުތައް ތަންދޭ ގޮތުން، ކުލި ނުދައްކާ ފަރާތްތައް ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތްތަކާއެކު ވެފައިވާ ކުލީގެ އެއްބަސްވުން ބާތިލުކޮށް، އެ ތަންތަން އަނބުރާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު ސަރުކާރަށް ލިބިގެންވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީ ކައުންސިލުން 2 ބައްދަލުވުން ބާއްވަން މިލިއަނުން ހަރަދުކޮށްފި
28 މިނިޓު ކުރިން

މެރިކަލްޗަރގެ ސިނާޢަތް ފުޅާކުރުމަށް ޚާއްޞަކޮށް ރާއްޖޭގެ 10 ސަރަޙައްދެއް ކަނޑައަޅައިފި
28 މިނިޓު ކުރިން

ހިދުމަތްތައް ހަރުދަނާކުރަން އިތުރު 100 ފާމަސިސްޓުން ބޭނުންވޭ: ޑރ ޝާހު މާހިރު
29 މިނިޓު ކުރިން
.jpg&w=3840&q=75)
ރާއްޖެ-ރަޝިޔާ ވައިގެ ދަތުރުތައް އިތުރުކޮށް ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއް!
29 މިނިޓު ކުރިން


