logo
މެމްބަރުންގެ ފޯމުގައި ނަޝީދު ސޮއިކުރައްވަނީ!

މެމްބަރުންގެ ފޯމުގައި ނަޝީދު ސޮއިކުރައްވަނީ!

ރައީސް ނަޝީދު ގޮސް، މާފަރު އެމްޑީޕީ ރޫޅާލައިފި

profile

އަހުމަދު ޒަލީފު - 20 އޯގަސްޓު 2023 - 13:25

ނ.މާފަރުން ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން "ދަ ޑިމޮކްރެޓްސް" އާ ގުޅިއްޖެއެވެ.

https://wamco.com.mv/

ރައީސް ނަޝީދާއެކު ދަ ޑިމޮކްރެޓްސް ރިޔާސީ ކެނޑިޑޭޓް މިއަދު މާފަރަށް ވަޑައިގަންވާފައިވާއިރު، މާފަރުން އެ ޕާޓީއާ ގުޅުނު މެމްބަރުންގެ ފޯމުތައް ވަނީ ރައީސް ނަޝީދާ ހަވާލުކުރައްވާފައެވެ.

undefined

މާފަރުން ޕާޓީއާ ގުޅުނު މެމްބަރުންގެ ފޯމުތައް ހަވާލުކުރަނީ

މާފަރަކީ އަބަދުވެސް ރައީސް ނަޝީދުގެ ބޮޑު ތާޢީދެއް އޮންނަ ރަށެކެވެ. މިއަދާއި ހަމައަށް އައިއިރުވެސް މާފަރު ކައުންސިލްގެ މެޖޯރިޓީވެސް އަދި މަނަދޫ ދާއިރާގެ މަޖިލިސް ގޮނޑިވެސް އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ ވަރަށް ބޮޑު ބައިވެރިވުމަކާއެކު އެވެ.

undefined

ނަޝީދު މާފަރަށް ވަޑައިގަތުން

މާފަރުން ގިނަ އަދަދެއްގެ މެމްބަރުން ދަ ޑޮމިކްރެޓްސްއާ ގުޅިފައިވާއިރު، މާފަރު ކައުންސިލްގެ މިދިޔަ ދަޢުރުގެ ކައުންސިލް ރައީސް ޢަބްދުލްމާޖިދު ޢަލީއާއި، ނައިބު ރައީސް ޒަކަރިއްޔާ މުޙައްމަދުފުޅުވެސް ވަނީ އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެވެ.

އެމްޑީޕީ ރޫޅާލައްވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ މެމްބަރުންނަށް އަޅުގަނޑު މި ދަންނަވަނީ އެމްޑީޕީ އަޅުގަނޑު ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން - ނަޝީދު

ފޫވައް ވެއްޓުނީމަ ކަށިކެޔޮ ގަނޑު ރޫޅޭނެ ކަމަށާއި، އެމްޑީޕީގެ ފޫވައް ވެއްޓި، އެ ޕާޓީ އެ ދަނީ ރޫޅެންކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

undefined

ނަޝީދު މާފަރަށް ވަޑައިގަތުން

ސަރުކާރު ދޫކޮށް، ވެރިކަން ދޫކޮށް، ނިކުމެވަޑައިގެންނެވި އަދި އަޅުގަނޑާ އެއްކޮށް މި ޕާޓީއާ ގުޅިވަޑައިގެން ހުރިހާ މެމްބަރުންނަށް މަރުޙަބާ ދަންނަވަން - ރައީސް ނަޝީދު
https://etukuri.mv/
https://www.aslu.com.mv