
މިނިސްޓަރ ޒަމީރު
ޒަމީރު ޔުގަންޑާއަށް ވަޑައިގެންފި

އަހުމަދު ޒަލީފު - 17 ޖެނުއަރީ 2024 - 12:14
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔުގަންޑާ އަށް އިއްޔެ ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި ޒަމީރުގެ މި ދަތުރުފުޅަކީ ނަން އެލައިންޑް މޫވްމަންޓް (ނާމް) ގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ މެދުގައި ބާއްވާ 19 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އެ މިނިސްޓްރީން ވިދާޅުވީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދާ މި ސަމިޓުގައި ވަޒީރުންގެ ފެންވަރުގައި ބާއްވާ ހުރިހާ ބައްދަލުވުމެއްގައިވެސް މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ސުލްހައަށް ކުރާ މަސައްކަތްތަކުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރުމަށް ރާއްޖެ އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ނާމްގެ މެމްބަރަކަށް ރާއްޖެ ވެގެންދިޔައީ 1976 ވަނަ އަހަރެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން