
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއު ގެ ދަށުން 278 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލްކޮށްފި

މުޙައްމަދު ފަޟްލޫން - 06 މޭ 2026 - 08:19
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ސެގްމަންޓް 2، 3 އަދި 4 ހިމެނޭ 278 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިންމާލައިފައިފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި ސެގްމަންޓްތަކުގެ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެނާއި ނަޖިސްފެން ބޭރުކުރާ މައި ހޮޅިތައް އެޅުމުގެ އިތުރުން، އެންކަރ ބްލޮކްތަކާއި ކުއޭވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން، ސެގްމަންޓް 5 ގެ މަގުބައްތިތައް މިހާރު ހަރުކޮށް ނިމިފައިވާއިރު، އެ ސަރަހައްދުގެ ކުއޭވޯލް ހެދުމުގެ ބާކީ ހުރި މަސައްކަތްތައް މި ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ފަށާފައިވާއިރު، މި މަޝްރޫއުގެ ދަށުން ޖުމްލަ 830 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރެވޭނެއެވެ.
މީގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން މަގުގައި ތާރުއަޅައި، ސަބްބޭސް ތައްޔާރުކުރުމާއި، ހިނގާ މީހުންނަށް ހާއްސަ ލޭނެއް ގާއިމުކުރުމުގެ އިތުރުން، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހަރުދަނާ ފެންހިންދާ ނިޒާމެއް ވެސް ގާއިމުކުރެވިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި
2 ގަޑިއިރު ކުރިން

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ޓޫރިޒަމް ޓެކްސްއަށް ލިބުނު އާމްދަނީ އިތުރުވެ ބަޖެޓް ސާޕްލަސްވެއްޖެ
2 ގަޑިއިރު ކުރިން

ތެލެސީމިއާ ދުވަހު ހިލޭ ޓެސްޓް ހަދަން ނިންމައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)