
ފެންބޮޑުވުމާއި ގުޅިގެން ޗައިނާގައި 39 މީހުން މަރުވެއްޖެ

މުޙައްމަދު ފަޟްލޫން - 10 ޖުލައި 2026 - 11:37
ފެންބޮޑުވުމާއި ގުޅިގެން ޗައިނާގައި 39 މީހުން މަރުވެއްޖެއެވެ.
ޗައިނާގެ ދެކުނުގައި އޮންނަ ގުއަންގްޒީ ސަރަހައްދަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 39 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
މި ހަފްތާގެ ތެރޭގައި ޗައިނާގެ ދެކުނާއި މެދުތެރޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވެ، ގުއަންގްޒީއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ކުރިއަށް އޮތް ހަފްތާ ބަންދުގައި އެ ގައުމުގެ އިރުމަތީ ޕްރޮވިންސްތަކަށް ބާރުގަދަ ތޫފާނެއް އަރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
ޗައިނާގެ ރަސްމީ ނޫސް އެޖެންސީ، ޝިންހުއާ އިން ހާމަކުރި ގޮތުގައި، މަރުވި މީހުންގެ ތެރެއިން 26 މީހުންނަކީ ލިއުލާން ރިޒާވަރުގެ ޑޭމް ފަޅައިގެން ދިއުމުގެ ސަބަބުން ފުރާނަ ގެއްލުނު މީހުންނެވެ. މި ހާދިސާގައި ގެއްލުނު 9 މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި ކުރަމުންދާއިރު، އޭގެ ތެރެއިން 7 މީހުންނަކީ އެ ސަރަހައްދުން ގެއްލުނު މީހުންނެވެ.
ރިޒާވަރުން ކޯރަށް ފެން ބޭރުވަމުން ދިއުމުގެ ސަބަބުން މީހުން ސަލާމަތްކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެހެންކަމުން، އެކި ސަރަހައްދުތަކުގައި ތާށިވެފައި ތިބި މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް ސަލާމަތީ ބާރުތަކުން ދަނީ ބޮޑެތި ޑްރޯންތައް ބޭނުންކުރަމުންނެވެ.
ދައުލަތުގެ މީޑިއާ، ސީސީޓީވީން އާންމުކޮށްފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، ޑޭމްގެ ފާރުތައް ފަޅައިގެން ގޮސް ބާރުމިނުގައި ފެންގަނޑު އޮހެމުންދާއިރު، ސަލާމަތީ ހިދުމަތްތަކުން ދަނީ ކުދި ބޯޓުފަހަރުގައި އާންމުން ސަލާމަތްކުރުމުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީ ކައުންސިލުން އަލިފާނުގެ ހާދިސާ ހިނގި ތިން ތަނެއް ސާފުކުރަން ފަށައިފި
4 ގަޑިއިރު ކުރިން

މާލީ ދާއިރާ ތަރައްގީކުރަން އިންޑިއާއިން ދަނީ ރާއްޖެއަށް އެހީތެރިވަމުން: އިންޑިއާ ސަފީރު
6 ގަޑިއިރު ކުރިން

މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫއެއް މާލޭ ސިޓީ ކައުންސިލުން ކުރިޔަށް ގެންދަނީ
6 ގަޑިއިރު ކުރިން

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)