
ނުލަފާ ޖައްބާރު ނަތަންޔާހޫ އަށް މުޅި ދުނިޔޭގެ ފާޑުކިއުން އަމާޒުވަނީ!

އާމިނަތު ޝަޒްލާ - 05 ޖޫން 2026 - 13:32
ފަލަސްޠީނުގެ ޣައްޒާގެ އިތުރުން މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ހުރެ އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް އިތުރުވެއްޖެއެވެ.
އެގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ އޭނާއަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިކުރަމުންނެވެ.
މީގެއިތުރުން، އިސްރާއީލުގެ އެންމެ ގާތް ބައިވެރިން ކަމަށްވާ ހާއްސަކޮށް އެމެރިކާގެ އިސް އޮފިޝަލުންނާއި ނަތަންޔާހޫ އާ ދެމެދުވެސް ފަހަކަށް އައިސް ވަނީ ނުތަނަވަސްކަމާއި ހިޔާލުތަފާތުވުންތައް އުފެދިފައެވެ.
ޣައްޒާގެ އިންސާނީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ކަމަށް ބައިނަލް އަގުވާމީ ރިޕޯޓްތައް ބުނަމުންދާއިރު، މިކަމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ގިނަ ގައުމުތަކަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ވަގުތުން މި ހަމަލާތައް ހުއްޓާލުމަށާއި، އިންސާނީ އެހީ ފޯރުކޮށްދޭ މިންވަރު އިތުރުކުރުމުގެ އިތުރުން، އާންމުންނަށް ލިބެމުންދާ ގެއްލުންތަކަށް ފުރިހަމައަށް ޒިންމާ އުފުލުމަށް ގޮވާލާފަ އެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހުގައި އެކި ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައިވާ އަދި ހޫނު ބަހުސްތަކެއް ކުރެވެމުންދާ އެންމެ ނާޒުކު އެއް މައްސަލަ ކަމުގައިވާ ސަލާމަތީ ނުރައްކާ ތަކުން ދިފާއުވުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށް ބުނެ ފެތުރިފައިވާ ވާހަކަތަކަށް ވެސް ދަނީ ތަފާތު އެކިއެކި ފާޑިކިއުންތައް ނަތަންޔާހޫ އަށް އަމާޒު ވަމުންނެވެ.
ސިޔާސީ ދާއިރާގެ މުހައްލިލުން ފާހަގަކުރައްވާ ގޮތުގައި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލަށް އޮތް ތަސައްވަރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް އިންތިޚާބުތަކުން ކާމިޔާބީ ލިބިއްޖެނަމަ، ބައިނަލްއަގުވާމީ މުޖުތަމައާއެކު އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރާނެ ކަމަށް އެ ގައުމުގެ ބައެއް އިދިކޮޅު ސިޔާސީ ލީޑަރުން ވަނީ ވައުދުވެފައެވެ.
ޕިޔުގެ ދިރާސާއިން ހާމަވާ ގޮތުގައި 2025 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ހާމަވާން އޮތް ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ 24 ޤައުމެއްގެ ތެރެއިން 13 ޤައުމެއްގެ ރައްޔިތުންގެ މެދުގައި އިސްރާއީލާމެދު އޮތް ނަފުރަތާއި ނުރުހުން އިންތިހާއަށް އިތުރުވެގެން ގޮސްފައިވާ ކަން ފާހަގަކުރެވޭ ކަމުގައެވެ.
ގުޅުން ހުރި ޙަބަރުތައް

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ހުޅުވާލައިފި
17 ގަޑިއިރު ކުރިން

ފްރެންޗައިޒްގެ އެންމެ ކާމިޔާބު ފެށުމާއެކު 64.35 ކުރޯޑް ރުޕީސް ހޯދައި، "ޓޯޓަލް ދަމާލް" ގެ ރެކޯޑް މުގުރާލައިފި
17 ގަޑިއިރު ކުރިން

އެމްޓީސީސީއާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
19 ގަޑިއިރު ކުރިން
ހަމަޖެހުން ގާއިމުވުމުން އުޅަނދުފަހަރަށް ދަތުރުފަތުރުގެ ހުއްދަ ދޫކުރަން ފަށާނެ ކަމަށް އީރާނުން ބުނެފި
20 ގަޑިއިރު ކުރިން


.gif&w=3840&q=75)