
އޭޑީކޭ އިން ސީޕީއާރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް!

ރިޟްވާން މޫސާ - 05 ޖޫން 2026 - 13:32
ތަފާތު އެކިއެކި އެކްސިޑެންޓު ތަކުގައި ސީޕީއާރު ދިނުމުގެ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ސީޕީއާރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް އޭޑީކޭ އިންއިންތިޒާމުކޮށްގެން ކުރިއަށް ގެންގޮސްފި އެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައި ވަނީ މިއަދުގެ ހަވީރު 16:00 އިން ފެށިގެން މިރޭ 20:00 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގަ އެވެ.
އާންމުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މި ޕްރޮގްރާމުގައި ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ސީ.ޕީ.އާރު ދަސްކުރައްވާ — ފުރާނައެއް ސަލާމަތްކުރުމުގެ ބާރުވެރިކަން ހޯއްދަވާ. މި ޝިއާރެވެ.
"އިމަރޖެންސީ މެޑިސިން ޑޭ 2026" ގެ ދުވަހާއި ގުޅުވައިގެން އޭޑީކޭ އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިވީ ފަރާތްތަކަށް ސީޕީއާރު ދަސްކޮށްދިނުމުގައި ހަރަކާތްތެރި ވެފައި ވަނީ މި ދާއިރާގެ ފަންނީ ގާބިލް ތަޖުރިބާކާރުން ކަމަުގައި އޭޑީކޭ އިން މައުލޫމާތު ދެއްވަ އެވެ.
ދުނިޔޭގެ އެމަޖަންސީ ފަރުވާގެ ދުވަހާއި ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މިދިޔަ ހުކުރު ދުވަހުގައި ވެސް ވަނީ ޓްރީޓޮޕް ހޮސްޕިޓަލުން ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ހާޢްސަ ހަރަކާތްތަކެއް ވެސް ބާއްވާފަ އެވެ.
އެގޮތުން ފަސްޓް އެއިޑް އަދި ސީޕީއާރު ފަރުވާއާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދިން އިރު ކުޑަކުދިންނަށް ހާއްސަކޮށްގެން އަލްޓްރާސައުންޑް ސްކޭން ކޮށްގެން ހަށިގަނޑުގެ އެތެރެ ދައްކައިދިނުމުގެ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އޭގެ އިތުރުން އެ ހަރަކާތުގައި އެކި ބާވަތުގެ އެމަޖަންސީ ހާލަތްތަކުގައި ބޭނުންކުރާ އާލާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، އެފަދަ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތުވެސް ދީފައިވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

އީކޮމާސް ވިޔަފާރިތަކަށް ސަބްސްކްރިޕްޝަން ލިމިޓެއް ނުކުރޭ: ބީއެމްއެލް
4 ގަޑިއިރު ކުރިން

ނުލަފާ ޖައްބާރު ނަތަންޔާހޫ އަށް މުޅި ދުނިޔޭގެ ފާޑުކިއުން އަމާޒުވަނީ!
5 ގަޑިއިރު ކުރިން

ތިމާވެއްޓާއި ތަރައްގީއަކީ އެކުއެކީގައި ވަށާޖެހޭ ގޮތަށް ކުރިއަށް ގެންދަން ޖެހޭ ކަމެއް: ރައީސް
6 ގަޑިއިރު ކުރިން

އައްޑޫ ހިތަދޫ އުތުރު ދާއިރާ ވީރާނާވެ ވޯޓްލި ރައްޔިތުންގެ ގޭގޭ ފާރު ވެއްޓިއްޖެ! ޝިޔާމް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)