
ތިމާވެއްޓާއި ތަރައްގީއަކީ އެކުއެކީގައި ވަށާޖެހޭ ގޮތަށް ކުރިއަށް ގެންދަން ޖެހޭ ކަމެއް: ރައީސް

އާމިނަތު ޝަޒްލާ - 05 ޖޫން 2026 - 11:50
ތަރައްގީ އާއި ތިމާވެއްޓަކީ އެކުއެކުގައި ގުޅިލާމެހިފައިވާ، އެއް ކަމަކުން، އަނެއް ކަމަކަށް ފައިދާ ކުރާ ގޮތުގައި ދާ ކަމަކަށްވާން އެބަޖެހޭ ކަމަށާއި، ތިމާވެއްޓާއި ތަރައްގީއަކީ އެކުއެކީގައި ވަށާޖެހޭ ގޮތަށް ކުރިއަށް ގެންދަން ޖެހޭ ކަމެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ "ދަ ޕަލްސް" ނަމުގައި ރައީސް އޮފީހުން ފެށި ޕޮޑްކާސްޓް ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ ރާއްޖެ ފެހިކުރުމުގެ މަސައްކަތުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ފެހިކަން އިތުރުކޮށް މާޙައުލީ ނިޒާމު ދެމެހެއްޓުމަށް ފަށްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވިލިމާލޭގައި ހޮސްޕިޓަލެއް އެޅުމަށް ހަމަޖެހިފައިވާއިރު، ހޮސްޕިޓަލް އަޅާ ސަރަހައްދުގައި ހުރި ގަސްތަކެއް ވެސް ނަގާނެ ކަމަށެވެ. އޭގެ ބަދަލުގައި ގިނަ ގަސްތަކެއް އިންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބައެއް ފަހަރު، މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކޮންމެވެސް ވަރަކަށް ގަސް ނަގަން ޖެހޭ ފަހަރު ވެސް އަންނަ ކަމަށާއި، ގަސް ނަގަން ޖެހުނަސް، އެއަށް ވުރެ ގިނައިން ގަސް އިންދުމަކީ ސަމާލުކަން ދެއްވާ ކަމެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ވިލިމާލޭގައި ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ބެލިއިރު، އެ މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ގަސްތައް ގިނަކަމުން ގަސްތައް ނުނަގަން ނިންމާފައިވާ ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލު ކުރަން ނިންމާފައިވާ ކަން ވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިވިލް ސާވިސްގެ މުއައްޒަފުންގެ ފެންވަރު މަތިކުރަން ދިރާސާއެއް ހަދަން އެބަޖެހޭ: މުޖުތާޒު
30 މިނިޓު ކުރިން

އެމްއައިބީގެ "ވޯލްޑް ކަޕް ފީވާ-ޕްރެޑިކްޓް އެންޑް ވިން"ގައި ބައިވެރިވެގެން ފައިސާގެ އިނާމް
31 މިނިޓު ކުރިން

ބޯކޮށް ވާރޭވެހި މާފަރުގެ 10 ގެއަކަށް ފެންވަދެ ގެއްލުން ވެއްޖެ!
31 މިނިޓު ކުރިން

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓުލުން ފަށައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)