logo

އައްޑޫ ހިތަދޫ އުތުރު ދާއިރާ ވީރާނާވެ ވޯޓްލި ރައްޔިތުންގެ ގޭގޭ ފާރު ވެއްޓިއްޖެ! ޝިޔާމް

profile

ރިޟްވާން މޫސާ - 05 ޖޫން 2026 - 10:33

އައްޑު އަތޮޅު ހިތަދޫ އުތުރު ދާއިރާ މުޅިން ވީރާނާ ވެފައި ވާ ކަމަށާއި، އެ ދާއިރާގެ ވޯޓު ލެއްވެވި ލޮބުވެތި ރައްޔިތުންގެ ގޭގެ ފާރުތައް ވެއްޓި މުޅިން ހާލަތު ދައްވެއްޖެ ކަމަށާއި، މިކަންކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ އިދިކޮޅުން ވާދަކުރައްވާ ކެންޑިޑޭޓް އަބުދުﷲ ސޯދިގް (ސޯބެ) ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި 2 ކެންޑިޑޭޓުން ވާދަ ކުރައްވާއިރު އެމްޑީޕީގެ ފަރާތުން ވާދަކުރަނީ ކުރީގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) އެވެ. ޕީއެންސީގެ ފަރާތުން ވާދަކުރަނީ ކުރީގެ ކައުންސިލަރ އަހްމަދު ސައީދު (ސޮޑާ) އެވެ.

ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެލައްވައިގެން ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާ މުޅިން ފަޅުވެ ވީރާނާ ވެއްޖެ ކަމަށެވެ.

ޝިޔާމް އިދިކޮޅު ކެންޑިޑޭޓަށް ބަހުގެ ހަމަލާއިން ރައްދު ދެއްވަމުން ވިދާޅުވެލެއްވީ މީގެ ކުރިން މިދާއިރާގެ މޭޔަރުކަން ކުރެއްވި ފަރާތް ކަމުގައިވާ އަބުދުﷲ ސޯދިގު މި ކަންކަމުގެ ޒިނބްމާ ފުރިހަމަ އަށް ނަންގަވަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މި ކަންކަން ހައްލުކުރެއްވޭނީ މި ސަރުކާރަށް ކަމަށާއި، ސަރުކާރުގެ ކެންޑިޑޭޓް އަުމަދު ސައީދަށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ބޭނުންވާ ވޯޓް ކަރުދާސް ޕްރިންޓް ކޮށް ނިންމައި ވޯޓްލާ މަރުކަޒު ތަކަށް ގެންދަންޖެހޭ ވޯޓް ފޮއްޓާއި އެންމެހައި ތަކެތި މިހާރު ވަނީ ފޮނުވާ ނިމިފައެވެ. މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައިވާ ގޮތުން، އެ ދާއިރާގެ ޖުމްލަ 4,121 މީހަކަށް ވޯޓުލުމުގެ ފުރުސަތު އޮތްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބަށްޓަކައި ސ ހިތަދޫގައި 5 ވޯޓު ފޮށި އަދި މާލޭގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk