logo

ސިނގިރެޓް ބިޑި އަށް ބަދަލުވެ އާންމުން މިކަމަށް ހޭނިއްޖެ!

profile

ރިޟްވާން މޫސާ - 31 މޭ 2026 - 13:20

މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 31 ވަނަ ދުވަހުގަ އެވެ.

https://wamco.com.mv/

ދިވެހިރާއްޖޭގެ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ބައިނަލް އަގުވާމީ ފެންވަރު ގައި ރާއްޖޭގެ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމަށްޓަކައި ވަރަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފައިވެ އެވެ. މިއީ މި ރާއްޖޭގެ ތާރީހުގައިވެސް އަދި ބައިނަލް އަގުވާމީ ގޮތުން ވެސް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއްކަން ސަރުކާރުން އެބަ ގަބޫލުކުރެ އެވެ.

ނަމަވެސް މި މުޖުތަމައުގައި މިފަދަ ފިޔަވަޅުތަކާހުރެ ބައެއްކަހަލަ ނޭދެވޭ އަސަރު އެކަމުން ފޯރަމުން އަންނަ ކަންވެސް މިފުރުސަތުގައި ފާހަގަކޮށްލަމެވެ. އެގޮތުން ރާއްޖެއަށް ސިގިރެޓު އެތެރެކޮށް އެތަކެތި ވިއްކުމުގައި ދެގުނަ އަގުބޮޑުކޮށް ނުވަތަ ދުއިސައްތަ ޕަސެންޓް ޑިއުޓީ ނަގާ ގޮތަށް ހަމަޖެއްސުމުން ވަގަށް ސިގިރެޓް އެތެރެކުރަމުންދާ މައްސަލަ ފަހުގެ ތާރީހެއްގައި ވަރަށް ގިނައިން ހުށައެޅެމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ.

undefined

ދުންފަތުގެ މައްސަލައިން ކުރީގެ މާޒީ އަށް ވިސްނާލަމާހެއްޔެވެ. ޖަނަވަރީ 1، 1953 ގައި މުހައްމަދު އަމީން ދިވެހިރާއްޖޭގެ ވެރިކަމަށް ފުރަތަމަ ޖުމްހޫރިއްޔާގެ ވެރިކަމަށް އިސްކުރެވުނެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެކަމަކު، އެ ވެރިކަން މާ ކަމަކު ނުދިޔައެވެ. މާ ގިނަ ދުވަހަކު ބާއްވާކަށް ނުފެނުނެވެ. މީހުންގަނޑު ދެވިހިފާފައި ތިއްބާ ދުންފަތް މަނާކުރަން ނިންމެވީމާ ވެސް މީހުން ތިބީ ކެކިކެކިއެވެ. އަމުދުން ބައެއް މީހުންނަށް ބޮޑެތި އަދަބުތައް ދޭތީ ނުތަނަވަސްކަން އޮތީ ބޮޑުވެފައެވެ. ގިނަ ދުިވަސްތަކަކަށް ދިވެހިން މަޑެއް ނުކުރިއެވެ. ރައްޔިތުން ނުކުމެ ބޮޑު ހަޅުތާލު ހަދައި އަމީން ވެރިކަމުން އެއްފަރާތްކޮށްފި އެވެ. އެތައް އަނިޔާއެއްކޮށް، ތަޅައި ސުންނާފަތިކޮށްފައި އެ ވަރުން ނުވެގެން ފަޅުތެރޭގައި އޮތް ބައްތެއްޔަކަށް 'ހޫރާލީ'އެވެ. އެވަރުން ނުވެ އުމުރު ދުވަހަށް އަމީން ދީދީ ކ.ގާފަރަށް އަރުވާލި އެވެ. އަމީންނަށް ލިބިފައިވާ އަނިޔާތަކާއެކު މިދުނިޔެ ދޫކޮށް ދިޔަ އީއެވެ.

undefined

ދައްކަން މިއުޅެނީ އަމީން ދީދީ އަވަހާރަކޮށްލި ވާހަކައެއް ނޫނެވެ. އަމީން ދީދީ ވެސް ހަވަރަށްދީ އަވަހާރަކޮށްލީ ދުންފަތް އެތެރެކުރުނމް މަނާކޮށް ދުންފަތް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިގެންނެވެ. ނަމަވެސް އެއިރާ މިހާރާއި ތަފާތެވެ. ހާލަތު ބަދަލުވީ އެވެ. ނަމަވެސް ކުރެވެމުން މިދަނީ އެއްކަމެކެވެ.

މި ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ގުޅިގެން، އެތައް ބަޔަކު ދުންފަތުގެ އިސްތިއުމާލު ކުރުމުން, ދުރުވެފައިވާ މަންޒަރު ފެންނަ ކަމަށާއި ދުންފަތް ހިމެނޭ ތަކެތި ނުގަވައިދުން އެތެރެކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވުމާއެކު މުޅި ދިވެހިންގެ މެދުގައި އެއް ކަމެއް ބަދަލުވެއްޖެ އެވެ. ސިނގިރެޓުގެ އަގުބޮޑުވުމާއެކު މެޖޯރިޓީ ސިނގިރެޓް ބޯ މީހުން އެކި ބާވަތްތަކުގެ ނަންނަމުގައި ހުންނަ ބިޑިއަށް ބަދަލުކޮށްފި އެވެ.

undefined

ރައީސް ޑރ މުއިއްޒުގެ ވެރިކަމުގައި އެޅި މިފަދަ ފިޔަވަޅުތަކުން އެމަނިކުފާނަށް އޮތީ ދުނިޔެއިން މަރުހަބާ ކިޔާފަ އެވެ. އީ- ސިނގިރޭޓު މަނާކުރުމުން ފެށިގެން ދުންފަތާ ދެކޮޅަށް "ޖެނެރަލް ބޭން" ތަންފީޒުކުރަންފެށި ދުނިޔޭގެ ފުރަތަމަ ޤައުމަށް ރާއްޖެ ވުމުގެ ޝަރަފާއެކު ސަރުކާރުން އަޅުއްވަމުންގެންދަވާ ބޮޑެތި ފިޔަވަޅުތަކަށް ބައިނަލް އަގުވާމީ އެވޯޑުތައް އެބަހުށައެޅެއެވެ.

ޒުވާން ޖީލު ދުންފަތުގެ މިވަބާއިން ރައްކާތެރިކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިވަނީ ދެއްވާފަ އެވެ. ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވާ ފިޔަވަޅުތަކާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރު ޖެނެރަލްގެ ޚާއްސަ އެވޯޑު އެ މަނިކުފާނަށް ވަނީ ދެއްވާފަ އެވެ.

undefined

ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް މި ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގައި ވޭޕު މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ. މި ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯއިން މީގެ ކުރިން ވެސް ވަނީ ތައުރީފުކޮށްފައެވެ. މުޅި ދުނިޔޭގައި ވެސް އީ-ސިނގިރޭޓް މަނާކޮށްފައިވަނީ އެންމެ 37 ގައުމަކުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ. ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރުކުރުމާއި ހިލޭބެހުން ވެސް ރާއްޖޭގައި ވަނީ މަނާކޮށްފައެވެ.

undefined

މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުން ކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ގެނައުން ހިމެނެއެވެ. ޖެނެރޭޝަނަލް ބޭން ގެނައުމުގެ ބިލް މަޖިލީހުން ފާސްކޮށްފައިވާއިރު އެ އިސްލާހުގައި ވާގޮތުން ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ އުމުރުން 21 އަހަރުވެފައިވާ އަދި ޖަނަވަރީ 1، 2007ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk