ރާއްޖެއަށް އެތެރެކުރާ މުދާ ކޮންޓެއިނަރ ސްކޭން ކުރެވޭ ގޮތް ހަދަނީ

ރިޟްވާން މޫސާ - 31 މޭ 2026 - 13:57
ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ރާއްޖެ އަށް އެތެރެކުރާ ކޮންޓެއިނަރ މުދާތައް ސްކޭން ކުރެވޭނެ ނިޒާމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް ތަންފީޒުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް ވޭޕް އެތެރެކުރުން ހުއްޓުވުމަށާއި، އެފަދަ ތަކެތި ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ވަޒީރު އިހްސާން ވިދާޅުވީ މަސްތުވާތަކެތި ރާޢްޖެއަށް އެތެރެކުރުމުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެއަށް އެތެރެކުރަމުންދާ ކޮންޓެއިންރ ގެ މުދާ ނުވަތަ ކޮންޓެއިނަރ ތައް ސްކޭން ކުރެވޭނެ ނިޒާމެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ވަރަށް ހަރުދަނާކޮށް ބަލަމުންދާ ކަމަށާއި، އިންޓެލިޖެންސް އެނަލިސިސްގެ އެހީގައި ރާއްޖެއަށް އެތެރެވާ ތަކެތި ދެނެގަނެ، ޤަވާއިދާ ޚިލާފު ތަކެތި އަތުލައިގަންނަމުންދާ ކަމަށެވެ. އަދި އަތުލައިގަންނަ ތަކެތީގެ މިންވަރު އިތުރުވުމަކީ، ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މަސައްކަތް ހަރުދަނާވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، މި ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮންޓެއިނަރުތައް ހުރިގޮތަށް ސްކޭން ކުރެވޭނެ އިންތިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެމްޕީއެލްއާއި ކަސްޓަމްސް ގުޅިގެން ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޙިޒްބުالله ގެ ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ޔަހޫދީނަށް އަމާޒުކޮށްފި!
3 ގަޑިއިރު ކުރިން

ސިނގިރެޓް ބިޑި އަށް ބަދަލުވެ އާންމުން މިކަމަށް ހޭނިއްޖެ!
4 ގަޑިއިރު ކުރިން
.webp&w=3840&q=75)
ޒުވާން ޖީލު ދުންފަތުގެ ވަބާއިން ރައްކާތެރިކުރުމުގައި، މިސަރުކާރު ދެމިއޮންނާނެ: ރައީސް
11 ގަޑިއިރު ކުރިން

ޢީދުގެ މުނާސަބަތުގަ އިސްލާމީ ޤައުމު ތަކުގެ ވެރިންނާއި، އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ރައީސްގެ ތަހުނިޔާ!
4 ދުވަސް ކުރިން


.gif&w=3840&q=75)