
ޙިޒްބުالله ގެ ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ޔަހޫދީނަށް އަމާޒުކޮށޤފި

ރިޟްވާން މޫސާ - 31 މޭ 2026 - 14:28
ލުބްނާންގެ ދެކުނުގައި ޔަހޫދީ އިސްތިޢުމާރީ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކުރުމާ ގުޅިގެން، މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދޭން ފަށައިފި އެވެ.
މި ހަމާލަތާއެކު ޔަހޫދީ އިސްރާއީލަށް ވަނީ ވަރުގަދަ ސިހުންތަކެއް ގެނުވައިފަ އެވެ. ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ހަނގުރާމައިގެ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.
އިސްރާއީލުގެ މީޑިއާތަކުން ބުނީ، އެ ބައްދަލުވުމުގައި ހައްދުފަހަނައެޅި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒާއި، އަސްކަރިއްޔާގެ ވެރިޔާގެ އިތުރުން އިސް ކޮމާންޑަރުން ބައިވެރިވިކަމުގައެވެ.
ޔަހޫދީ މީޑިއާތަކުން ބުނީ، އެޕްރީލު 17 ގައި ޙަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވި ފަހުން، ޔަހޫދީ ދައުލަތުގެ އުތުރުގެ ރަށްތަކުން 1,099 ފަހަރު އިންޒާރުގެ ރަނގަބީލުގެ އަޑު އިވިގެން ގޮސްފައިވާ ކަމުގައެވެ. ޙިޒްބުالله އިން ވަނީ، އަލް-ޖަލީލް ސަރަޙައްދުގައި ޔަހޫދީ ޢާންމުން ދިރިއުޅޭ ސަރަޙައްދަކާއި އަސްކަރީ މަރުކަޒަކަށް ވެސް ޙަމަލާތައް އަމާޒުކޮށްފައެވެ.
ފަހަކަށް އައިސް، ޙިޒްބުالله ގެ ރޮކެޓު ޙަމަލާތައް ދިފާޢުކުރުމަށް ޔަހޫދީ ފައުޖު ވަނީ ނުކުޅެދިފައެވެ. ޙިޒްބުالله ގެ ރޮކެޓުތައް ދެނެގަނެ، ނައްތައިލުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި އަނިޔާވެރި ނަތަންޔާހޫ ވެސް ދާދިފަހުން ވަނީ އެއްބަސްވެފައެވެ.
ޔަހޫދީން އެ އެއްބަސްވުމަށް އަމަލުކޮށްފައި ނުވި ނަމަވެސް، ޙިޒްބުالله އިން މި ވަނީ ފުރަތަމަ ފަހަރަށް އެއްބަސްވުމާ ޚިލާފަށް ޞަހްޔޫނީ ދައުލަތުގެ ރަށްތަކަށް ވަރުގަދަ ރޮކެޓް ޙަމަލާތަކެއް ދީފައެވެ. މިއީ، ލުބްނާންގެ ދެކުނު ސަރަޙައްދުގައި ޔަހޫދީ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާކުރަމުންދިޔުމާ ގުޅިގެން ރައްދުގައި ދީފައިވާ ޙަމަލާތަކެކެވެ.
ގުޅުން ހުރި ޙަބަރުތައް
ރާއްޖެއަށް އެތެރެކުރާ މުދާ ކޮންޓެއިނަރ ސްކޭން ކުރެވޭ ގޮތް ހަދަނީ
3 ގަޑިއިރު ކުރިން

ސިނގިރެޓް ބިޑި އަށް ބަދަލުވެ އާންމުން މިކަމަށް ހޭނިއްޖެ!
4 ގަޑިއިރު ކުރިން
.webp&w=3840&q=75)
ޒުވާން ޖީލު ދުންފަތުގެ ވަބާއިން ރައްކާތެރިކުރުމުގައި، މިސަރުކާރު ދެމިއޮންނާނެ: ރައީސް
11 ގަޑިއިރު ކުރިން

ޢީދުގެ މުނާސަބަތުގަ އިސްލާމީ ޤައުމު ތަކުގެ ވެރިންނާއި، އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ރައީސްގެ ތަހުނިޔާ!
4 ދުވަސް ކުރިން


.gif&w=3840&q=75)