
296 ބާވަތެއްގެ ސީފުޑް އައިޓަމްސް ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރެވޭނެ: ވަޒީރު ސައީދު

މުޙައްމަދު ފަޟްލޫން - 20 އޭޕްރީލު 2026 - 05:00
296 ބާވަތެއްގެ ސީފުޑް އައިޓަމްސް ރާއްޖެއިން ޗައިނާއިން އެކްސްޕޯޓްކުރެވޭނެ ކަމަށް އިގްތިސާދީ ތަރައްގީ އާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވައި ވަޒީރު ވިދާޅުވީ ޗައިނާ އާއި އެކު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 300 ބާވަތެއްގެ ސީފުޑް އައިޓަމްސް ރާއްޖެއިން އެކްސްޕޯޓް ކުރުމުގެ ފުރުސަތު ޗައިނާ ސަރުކާރުން ދީފައިވާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ވެލާ ކަހަނބު އަދި މިޔަރު ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ ކަނޑުގެ ދިރުންތައް ނުވަތަ ސީފުޑް ރާއްޖެއިން ޗައިނާ އަށް 0 ޕަސެންޓްގައި އެކްސްޕޯޓް ކުރުމަށް ފުރުސަތު ފަހިވެގެންގޮސްފައިވާ ކަމަށެވެ.
ވަކިވަކި އައިޓަމްސް ތައް އެކްސްޕޯޓް ކުރުމުގައި ދިމާވާ ދަތިތަކަށް މަޝްވަރާ ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އޭއައި ރެގިއުލޭޓްކުރާ ބިލެއް މަޖިލިހަށް ހުށަހަޅުއްވާނެ ކަަމަށް ރައީސް ވިދާޅުވެއްޖެ
24 މިނިޓު ކުރިން

އަދަދު ނޫހުން ފެތުރީ ދޮގު ހަބަރެއް، ބޭންކުން ދެމުންދިޔަ ޑޮލަރު ސަޕޯޓް ހުއްޓައެއް ނުލަން: ބީއެމްއެލް
25 މިނިޓު ކުރިން

ގާނޫނު އަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް އެދޭކަމެއް ނޫން: ރައީސް
25 މިނިޓު ކުރިން

ޑީޖޭއޭ ބަދަލުވެގެންދާނީ ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީ ވާ ތަނަކަށް: ރައީސް
26 މިނިޓު ކުރިން


.gif&w=3840&q=75)