logo

މިދިޔަ ހަފުތާގައި ސްކޭމްގެ 36 މައްސަލައެއް ހުށައަޅާފައިވޭ: ފުލުހުން

profile

އާމިނަތު ޝަޒްލާ - 16 ޖޫން 2026 - 11:15


ނިމިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ 36 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރައްވައިފިއެވެ.

https://wamco.com.mv/

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މައްސަލަތަކުގައި ޖުމްލަ 118,370.05 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވެއެވެ. ނަމަވެސް ފުލުހުން ކުރި މަސައްކަތުން މީގެ ތެރެއިން 164,240.60 ރުފިޔާ ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދައިދީފައެވެ.

ހުށަހެޅުނު ސްކޭމް މައްސަލަތަކުގެ ތަފުސީލުތަކުގެ ތެރޭގައި އީ-ކޮމާސް (އޮންލައިން ވިޔަފާރި): 26 މައްސަލަ އާއި ފައިސާ މާރުކުރުން: 1 މައްސަލަ، މީހަކަށް ވެގެން އޮޅުވާލައިގެން ފައިސާ ހޯދުން: 4 މައްސަލައިގެ އިތުރުން އެހެނިހެން ބާވަތުގެ ސްކޭމްތަކުގެ 5 މައްސަލަ ހުމެނެއެވެ.

މިފަދަ ޖަރީމާތައް ހިންގުމަށް މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިންގ އެޕްލިކޭޝަންތަކާއި، އައިބޭ، ފޯނު ކޯލް، ފިޝިންގ ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސް ފަދަ ވަސީލަތްތައް ކަމަށް ފުލުހުން ފާހަގަކުރައްވައެވެ.

މިދިޔަ ހަފުތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްތަކެވެ. އެހެންކަމުން، އޮންލައިންކޮށް މުދާ ގަންނައިރު ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، އިތުބާރު ނެތް ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މުދާ ލިބުމުން ނޫނީ ފައިސާ ނުދެއްކުމަށާއި، މުާމަލާތް ކުރެވެނީ އަސްލު ވިޔަފާރިއަކާ ތޯ ޔަގީންކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިރުޝާދު ދެއްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk