logo

ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 03 ޖޫން 2026 - 13:10

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން، "ދަ ޑިމޮކްރެޓްސް" އާއި "މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ" (އެމްއެލްއެސްޑީޕީ) އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެ ދެ ޕާޓީ އުނިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

https://wamco.com.mv/

އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، ޕާޓީއެއް ދެމިއޮތުމަށް ގާނޫނީ ގޮތުން ބޭނުންވާ 3,000 މެންބަރުން ހަމަކުރުމަށް ދެވުނު މުއްދަތުގައި އެ އަދަދު ހަމަވެފައިނުވާތީއެވެ.

އެހެންކަމުން، މިއަދުން ފެށިގެން އެ ދެ ޕާޓީއަކީ ރަސްމީ ދަފްތަރުގައި ހިމެނޭ ޕާޓީތަކެއް ނޫން ކަމަށް އެ ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

"ދަ ޑިމޮކްރެޓްސް" އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ.

އަދި "އެމްއެލްއެސްޑީޕީ" އަކީ ގާނޫނީ ވަކީލް އަބްދުﷲ ހަސީން އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk