logo

ޕީއެންސީ ކޮންގްރެސް އަވަސްކުރަން ފާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 03 ޖޫން 2026 - 13:09

ޕީއެންސީގެ ކޮންގްރެސް ބާއްވާ ތާރީޚު އަވަސްކުރުމަށް އެ ޕާޓީގެ ސެނެޓުން ރޭ ނިންމައިފިއެވެ.

https://wamco.com.mv/

މީގެކުރިން އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ތާވަލުކުރެވުނު މި ކޮންގްރެސް އަވަސްކުރުމަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް، ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ހުށަހެޅުން ސެނެޓުގެ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ކޮންގްރެސް ބާއްވާ ތާރީހަށް ބަދަލު ގެނައީ، ކުރިން ނިންމާފައިވާ ދުވަސްވަރަކީ އޯލެވެލް އިމްތިޙާނު އޮންނަ ދުވަސްވަރަށް ވާތީ، މެންބަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ މަގުސަދުގައެވެ.

މިދިޔަ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް ބައި-އިލެކްޝަންތަކުގައި އއ. އަތޮޅުގެ ތިން ރަށަކުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ކޮންގްރެސްއަކީ ޕާޓީ އިތުރަށް ވަރުގަދަކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ހުރިހާ ރަށެއްގައި ތިއްބެވި ޕާޓީގެ މެންބަރުން މި ކޮންގްރެސްއަށް ފުރިހަމައަށް ތައްޔާރުވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މި ކޮންގްރެސްގައި ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމާއި، ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިންތިހާބުކުރަންޖެހޭ އެކި މަގާމުތަކަށް މީހުން ހޮވުން އޮންނާނެއެވެ.

މީގެއިތުރުން، ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ރައީސް އިރުޝާދު ދެއްވިއެވެ.

ޕީއެންސީގެ ކޮންގްރެސް އަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ބޭއްވޭ އެންމެ ދެފުށް ފެންނަ، އިންސާފުވެރި އަދި ނަމޫނާ ހަރަކާތަކަށް ހެއްދެވުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk