
ނ ލަންދޫ
ނ ލަންދޫގައި ނުރައްކާތެރި ހުމެއް ފެތުރި ގިނަ ބަޔަކު ބަލިވެއްޖެ

މުޙައްމަދު ފަޟްލޫން - 03 ޖޫން 2026 - 12:15
ނ. ލަންދޫގައި ހަލުވިކަމާއެކު ބާރުގަދަ ހުމެއް ފެތުރި، އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބަލިވެއްޖެއެވެ.
މި ބަލިމަޑުކަމުގެ ސަބަބުން ރަށުގެ އާންމު ހާލަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، މިއަދު އެކަނިވެސް ލަންދޫ ސްކޫލްގެ 152 ދަރިވަރަކު ބަލިވެގެން ސްކޫލަށް ހާޒިރުވެފައެއް ނުވެއެވެ. މައުލޫމާތު ލިބޭގޮތުގައި މި ރޯގާ އެ ރަށުގައި ފެތުރެން ފަށާފައިވަނީ މިއަހަރުގެ ހައްޖު ދުވަހާ ގުޅިގެންނެވެ.
މި ހާލަތާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދަނީ ރަށުގެ ހާލަތު ވަރަށް ގާތުން ބަލައި، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ލަންދޫން "އަސްލު ޓީވީ" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، މި ދުވަސްވަރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 45 އެއްހާ މީހުން ހުން އައިސްގެން ޑޮކްޓަރަށް ދައްކަމުންދާ ކަމަށެވެ.
ބަލި ހާލަތު ބޮޑުވެގެން ދުވާލަކު ގާތްގަނޑަކަށް ފަސް މީހުން އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ރަށުގެ ބޮޑު އިންސައްތައަކަށް މި ބަލި ޖެހިފައިވާއިރު، މިއަދު އެކަނިވެސް 100 އަށްވުރެ ގިނަ ދަރިވަރުން ސްކޫލަށް ނުދިއުމަކީ މި ރޯގާ ފެތުރެމުންދާ މިންވަރު ހާމަވާ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް
ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
4 ގަޑިއިރު ކުރިން

ޕީއެންސީ ކޮންގްރެސް އަވަސްކުރަން ފާސްކޮށްފި
4 ގަޑިއިރު ކުރިން

ލ ގަމުގައި ކުޑަކުއްޖަކު ކަރަންޓުގައި ޖެހުނު މައްސަލަ ތަހުގީގުކުރަނީ
4 ގަޑިއިރު ކުރިން

ހައްޖުވެރިން އަންނާތީ އާންމު ދަތުރުފަތުރު ބޭނުންކުރުމަށް އެމްއޭސީއެލް އިން އެދިއްޖެ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)