
ލ ގަމުގައި ކުޑަކުއްޖަކު ކަރަންޓުގައި ޖެހުނު މައްސަލަ ތަހުގީގުކުރަނީ

މުޙައްމަދު ފަޟްލޫން - 03 ޖޫން 2026 - 13:09
ލ. ގަމުގައި އީދު ފާހަގަކުރުމުގެ ތައްޔާރީތަކުގެ ތެރޭގައި 14 އަހަރުގެ ކުއްޖަކު ކަރަންޓުގައި ޖެހުނު ހާދިސާ، ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅުމަށް މަސައްކަތް ކުރުމުގެ ތެރޭގައެވެ.
މި މަހުގެ 27 ވަނަ ދުވަހުގެ ރޭ 11:00 އެހާއިރު ހިނގި މި ހާދިސާއާ ގުޅިގެން، އެ ކުއްޖާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ.
އެހެންނަމަވެސް، ކުއްޖާގެ ހާލަތު ނާޒުކުވުމާ ގުޅިގެން ވެންޓިލޭޓަރުގެ އެހީގައި އިތުރު ފަރުވާއަށް ވަނީ މާލެއަށް ގެނެސްފައެވެ.
ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި، އެ ކުއްޖާގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
4 ގަޑިއިރު ކުރިން

ޕީއެންސީ ކޮންގްރެސް އަވަސްކުރަން ފާސްކޮށްފި
4 ގަޑިއިރު ކުރިން

ހައްޖުވެރިން އަންނާތީ އާންމު ދަތުރުފަތުރު ބޭނުންކުރުމަށް އެމްއޭސީއެލް އިން އެދިއްޖެ
5 ގަޑިއިރު ކުރިން

ނ ލަންދޫގައި ނުރައްކާތެރި ހުމެއް ފެތުރި ގިނަ ބަޔަކު ބަލިވެއްޖެ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)