
ސަބްސިޑީއަށް ސަރުކާރުން ކުރި ހަރަދު 3.13 ބިލިޔަން ރުފިޔާއަށް އަރައިފި

މުޙައްމަދު ފަޟްލޫން - 22 ޖުލައި 2026 - 18:07
ސަބްސިޑީއަށް ސަރުކާރުން ކުރި ހަރަދު 3.13 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ.
މާލީ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދަޢުލަތުން ސަބްސިޑީއަށް ކުރި ހަރަދު ވަނީ 3.13 ބިލިޔަން ރުފިޔާއަށް އުފުލިފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހޭދަކުރި 1.7 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 86 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މާލީ ވުޒާރާއިން އާއްމުކުރި ވީކްލީ ފިސްކަލް ރިޕޯޓު' ގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަބްސިޑީގެ ހަރަދު މިހާ ބޮޑަށް އިތުރުވާން މެދުވެރިވި މައިގަނޑު ސަބަބަކީ ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރަންޖެހުނު ހޭދަ ބޮޑުތަނުން އިތުރުވުމެވެ.
މީގެ ތެރެއިންވެސް އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ތެލުގެ ސަބްސިޑީއަށްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ދަޢުލަތުން ސަބްސިޑީ ދެނީ އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގު ހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.
ކާޑުގެ ބާވަތްތަކާއި، ކަރަންޓާއި، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެލުގެ އިތުރުން ކުނި މެނޭޖުކުރުމުގެ ޚިދުމަތްތަކަށް ސަބްސިޑީ ދޫކުރެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދާއި ކޮންޓްރޯލް އަގުގެ ފަރަގު ހަމަޖައްސަނީ ދައުލަތުގެ ބަޖެޓުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މިސްކިތަށް ގެއްލުން ދިން މީހާ ހައްޔަރު ނުކުރުމުގެ ސަބަބުން އަނެއްކާވެސް މިސްކިތަށް ގެއްލުންދީފި
2 ގަޑިއިރު ކުރިން
ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަނުކޮށްފި
2 ގަޑިއިރު ކުރިން

ހިންމަފުށީގައި މާރާމާރީ ހިންގި މީހުން ރާއްޖެ ނާދެވޭ ގޮތަށް ފުރުވާލަން އަންގައިފި
7 ގަޑިއިރު ކުރިން

އިނގިރޭސިވިލާތުގެ ވިސާ މާލޭގައި ތިބެގެން ނެގޭނެ ވަގުތީ އިންތިޒާމެއް ހަމަޖައްސައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)