ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަނުކޮށްފި

މުޙައްމަދު ފަޟްލޫން - 22 ޖުލައި 2026 - 18:06
ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަނުކޮށްފިއެވެ.
ޕީސީބީ އިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ މަގާމަށް އައްޔަނުކުރި ފަރާތްތަކުގެ ނަންތައް ހާމަކޮށްފައެވެ.
މިފްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރީ ސ.ފޭދޫ، އާާބާދީގެ، ގާޒިޔާ ފަތުހީއެވެ.
ގާޒިޔާ އަކީ މިހާރުވެސް ފިނޭންސް މިނިސްޓްރީގެ ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްއެވެ.
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް، ހއ.ތަކަންދޫ، ރަތްވިލާގެ، ,ހުސައިން އަބްދުލް ވާހިދު ވެސް ވަނީ އައްޔަނުކޮށްފައެވެ.
ވާހިދުއަކީ މިހާރު ވެސް ފިނޭންސް މިނިސްޓްރީގެ ޓްރެޝަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިޕާޓްމަންޓްގައި އެކައުންޓެންޓްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް، ސ.ހިތަދޫ، މީނާޒް، އީނާސް ނަސީރު ވެސް ވަނީ އައްޔަނުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިސްކިތަށް ގެއްލުން ދިން މީހާ ހައްޔަރު ނުކުރުމުގެ ސަބަބުން އަނެއްކާވެސް މިސްކިތަށް ގެއްލުންދީފި
2 ގަޑިއިރު ކުރިން

ސަބްސިޑީއަށް ސަރުކާރުން ކުރި ހަރަދު 3.13 ބިލިޔަން ރުފިޔާއަށް އަރައިފި
2 ގަޑިއިރު ކުރިން

ހިންމަފުށީގައި މާރާމާރީ ހިންގި މީހުން ރާއްޖެ ނާދެވޭ ގޮތަށް ފުރުވާލަން އަންގައިފި
7 ގަޑިއިރު ކުރިން

އިނގިރޭސިވިލާތުގެ ވިސާ މާލޭގައި ތިބެގެން ނެގޭނެ ވަގުތީ އިންތިޒާމެއް ހަމަޖައްސައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)