
ހިންމަފުށީގައި މާރާމާރީ ހިންގި މީހުން ރާއްޖެ ނާދެވޭ ގޮތަށް ފުރުވާލަން އަންގައިފި

މުޙައްމަދު ފަޟްލޫން - 22 ޖުލައި 2026 - 13:45
ކ. ހިންމަފުށީގައި މާރާމާރީ ހިންގި މިސްރުގެ ދެ ފިރިހެނުން ރާއްޖެއިން ފުރުވާލުމަށްފަހު، އަލުން އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ބްލެކްލިސްޓް ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މޯލްޑިވްސް އިމިގްރޭޝަނަށް އަންގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ރޭ 19:24 ހާއިރުއެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން ދެ ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގު ވަނީ ފުރިހަމަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިސްކިތަށް ގެއްލުން ދިން މީހާ ހައްޔަރު ނުކުރުމުގެ ސަބަބުން އަނެއްކާވެސް މިސްކިތަށް ގެއްލުންދީފި
2 ގަޑިއިރު ކުރިން

ސަބްސިޑީއަށް ސަރުކާރުން ކުރި ހަރަދު 3.13 ބިލިޔަން ރުފިޔާއަށް އަރައިފި
2 ގަޑިއިރު ކުރިން
ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަނުކޮށްފި
2 ގަޑިއިރު ކުރިން

އިނގިރޭސިވިލާތުގެ ވިސާ މާލޭގައި ތިބެގެން ނެގޭނެ ވަގުތީ އިންތިޒާމެއް ހަމަޖައްސައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)