logo

މަކަރާއި ހީލަތުން ފައިސާ ހޯދަމުން އަންނަ މީހެއްގެ މައްސަލަ ފެންމަތިވެއްޖެ!

profile

ރިޟްވާން މޫސާ - 01 ޖުލައި 2026 - 06:52

އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުން އަންނަ ފަރާތެއްގެ މައްސަލަ އާންމު ފަރާތަކުން ފުލުހުންނަށް ހުށައަޅައިފި އެވެ.

https://wamco.com.mv/

މި މައްސަލަ އަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑެތި ކުށުގެ މައްސަލަތައް ކަމަށްވާ ސްކޭމްގެ ބޮޑެތި މައްސަލަ ތަކުގެ ތެރޭގައި ހިމެނޭފަދަ މައްސަލަ އެކެވެ.

މައްސަލަ ހުށައެޅި ފަރާތުން "އަސްލުޓީވީ" އަށް މައުލޫމާތު ދެއްވަމުން ބުނީ މި މައްސަލަ އަކީ ރާއްޖެ އަށް ބިދޭސީން ގެނެސްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން މަކަރާއި ހީލަތުން އެތަކެއް ބައެއްގެ އަތުން ފައިސާ ފޭރިގަތުމަށްފަހު އެފައިސާ ނުދީ ފިލައިގެން އުޅޭ މީހެއްގެ މައްސަލައެއް ކަމަށާއި، ކާކުކަން ނޭނގޭ ގޮތަށް އަމިއްލަ އަޑެންޓިޓީ ވެސް ބަދަލުކޮށްގެން އުޅޭ މީހެއް ކަމަށެވެ.

މި ސްކޭމްގެ މައްސަލަ އާޢި ގުޅިގެން ހިންގާފައިވާ ބައެއް ކޮންވަޒޭޝަން ތަކުގެ ކޮޕީވެސް ވަނީ ލިބިފަ އެވެ.

ސްކޭމްގެ މި ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނާ މީހަކީ މ. ރަތްމަންދޫ އަށް ނިސްބަތްވާ ޒުވާން ދިވެހި ފިރިހެނެކެވެ.

އޭނާ ވަނީ އެތަކެއް ބައެއްގެ އަތުން އޮޅުވާލަިއގެން އެކި އެކި ކަންކަމުގައި ވިޔަފާރި ތައް ހިންގުމާއި، ބިދޭސީން އެތެރެކުރުން ފަދަ ކަންކަމުގައި އެހީތެރިވެދޭނެ ކަމަށް ބުނެ ކުރިން ފައިސާ ނެގުމަށްފަހު ފިލާފަ އެވެ.

އެނގިފައިވާ ގޮތުގައި މިފަދަ މުއާމަލާތްތައް އޭނާ ހިންގަމުން ދަނީ އޭނަގެ ނަމުގައި ހަދާފައިވާ ކުންފުންޏަކާއި ކުންފުނީގެ އެކައުންޓަށް ފައިސާ ޖަމާކުރުވައިގެންނެވެ.

މި މައްސަލަ މިހާރު ދަނީ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk