
މަރުވެގެންދާނީވެސް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ: ރައީސް ނަޝީދު

މުޙައްމަދު ފަޟްލޫން - 29 މޭ 2026 - 05:28
އެމްޑީޕީއަކީ އެމަނިކުފާނު އެންމެ ލޯބިވާ ސިޔާސީ ޕާޓީ ކަމަށާއި، އެހެން އެއްވެސް ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުންނަވައި ދުނިޔެ ދޫކުރައްވަން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބިލެއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އިންތިހާބުން ނާކާމިޔާބުވެއްޖެ ނަމަ ޕާޓީ ދޫކޮށްލައްވާނެތޯ އަމާޒުވި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ކޮންމެ ނަތީޖާއެއް އައި ނަމަވެސް ޕާޓީ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް، އިންތިހާބުން ކާމިޔާބު ނުވެއްޖެ ހާލަތެއްގައި ދެން ހުންނަވާނީ ސިޔާސީ ކަންކަމާ ދުރުގައި ގޭގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމްޑީޕީއަކީ އެތައް ބައެއްގެ ބުރަ މަސައްކަތާއި ގުރުބާނީން އުފެއްދި ޕާޓީއެއްކަން ފާހަގަކުރައްވަމުން، ނަޝީދު ވިދާޅުވީ ޕާޓީން ވަކިކޮށްފި ނަމަ މެނުވީ އެމްޑީޕީގައި ދެމިހުންނަވާނެ ކަމަށެވެ.
އަދި އެމަނިކުފާނުގެ އެމްޑީޕީވަންތަކަމާ މެދު އެއްވެސް މީހަކު ޝައްކު ނުކުރުމަށް އެދިވަޑައިގަންނަވަމުން، އެކަމުގެ ޔަގީންކަން ދެއްވުމަށް ވަރުގަދަ މިސާލުތަކެއް ވެސް ދެއްކެވިއެވެ.
މުޅި ރާއްޖޭގައި ކުރިއަށްގެންދަވާ މި ކެމްޕެއިން ދަތުރުތަކުގައި، ޕާޓީގެ އެއްވެސް މެންބަރަކު ވަކިވެގެންދިއުމަކީ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނުގެ މައިގަނޑު އަމާޒަކީ އެމްޑީޕީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ވުރެ އިތުރުކުރުން ކަމަށް ވިދާޅުވެ، ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި މެންބަރުންގެ މެދުގައި އޮތް އިތުބާރު ވަރުގަދަކުރުމަށް ބާރުއެޅުއްވިއެވެ.
އެމްޑީޕީގެ ފޯރިގަދަ އަދި ވާދަވެރި ކެމްޕޭންގައި ވާދަވެރި ކެންޑިޑޭޓުން ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.
އެމްޑީޕީގެ ޗެއަޕރާސަން އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
22 މިނިޓު ކުރިން
.webp&w=3840&q=75)
މިއަހަރު ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ
ގަޑިއިރެއް ކުރިން

ޣައްޒާގެ %70 އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމަށް ނަތަންޔާހޫ އަމުރުކޮށްފި
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ދާއިމީ ވޯޓާރސް ލިސްޓް ނެރެފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)