
އަލީބާބާގެ ޕްލެޓްފޯމްތަކުން ދިވެހި ވިޔަފާރިތަކަށް 40 މިލިޔަން ބަޔާރސްއާ ކަނެޓްކޮށްދޭނެ: މިނިސްޓަރ ސައީދު

މުޙައްމަދު ފަޟްލޫން - 16 ސެޕްޓެމްބަރު 2025 - 16:28
އަލީބާބާގެ ޕްލެޓްފޯމްތަކުން ދިވެހި ވިޔަފާރިތަކަށް 40 މިލިޔަން ބަޔާރސްއާ ކަނެޓްކޮށްދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އަލިބާބާއާއެކު ކުރަމުންދާ މަސައްކަތްތަކުން، ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ބޭނުންކޮށްގެން، އާމްދަނީ ލިބޭނެ މަގު ފަހިވެފައިވާކަމަށް، ސަޢީދު ވަނީ ވިދާޅުވެފައެވެ.
ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާރކެޓް ގެ ނަމުގައި އަލިބާބާއާއެކު ކުރިއަށް ގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ ވޯކްޝޮޕްގައި 600އަށް ވުރެ ބޮޑު ޢަދަދެއްގެ ބައިވެރީން ހިމެނިފައިވާކަމަށެވެ.
މިހާރު ވެސް ވިޔަފާރީގައި މަސައްކަތްކުރާ 250 މީހުން ވޯކްޝޮޕްގައި ބައިވެރިވެފައިވާކަމަށާއި، އަދި އޮންލައިންކޮށް ބައިވެރިވެފައިވާ ފަރާތްތަކާއެކު އެ ޢަދަދު އެއަށް ވުރެ ވެސް އިތުރުވެގެންދާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އަލީބާބާ ޑޮޓް ކޮމްގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގު ދިވެހިީންނަށް ފަހިވެގެންދިއުމަކީ ދިވެހި ވިޔަފާރިތަކަށް އެކަމުގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނެ ކަމެއްގެ ގޮތުގައި މިނިސްޓަރ ޞިފަކުރެއްވިއެވެ.
އަލީބާބާއިން ތަކެތި ގަންނަ މީހުންގެ ޢަދަދު ޢާލަމީ ގޮތުން 40 މިލިޔަނަށް ވުރެ ގިނައެވެ.
މި ފަރާތްތަކުގެ ތެރޭގައި 20 ޤައުމެއްގެ މީހުން ހިމެނެއެވެ. އަލިބާބާއާ ގުޅިގެން ކުރާ މަސައްކަތުން، ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތަކުގެ ބޭނުން ކޮށްގެން އާމްދަނީ ލިބޭނެ މަގު ފަހިވެފައިވާކަމަށާއި، މުޅި ދުނިޔެއަށް ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ފަހިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަލީބާބާ އާއި ގުޅިގެން ހިންގާ ވޯކްޝޮޕްގެ ތެރެއިން ދިވެހި ވިޔަފާރިތަކަށް މުހިންމު ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ބައިނަލްއަޤްވާމީ ބާޒާރަށް ބޭނުންވާ ފެންވަރަށް އުފެއްދުންތައް ތައްޔާރުކުރުމާއި، ލޮޖިސްޓިކްސްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި އަދި މި ނޫން ވެސް ވިޔަފާރިތަކަށް ބޭނުންވާ ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން