
ހުސްވި އަހަރު ސިވިލް ކޯޓަށް 5000 އަށް ވުރެ ގިނަ މައްސަލަ ވަނީ ބަލައިގަނެފައި

މުޙައްމަދު ފަޟްލޫން - 11 ޖެނުއަރީ 2026 - 07:09
ހުސްވި އަހަރު ސިވިލް ކޯޓުން 5000 އަށް ވުރެ ގިނަ މައްސަލަ ބަލައިގަނެފައިވާ ކަމަށް އެކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ސިވިލް ކޯޓުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު އެ ކޯޓުގައި ޖުމްލަ 5,680 މައްސަލައެއް ރަޖިސްޓްރީކޮށްފައިވެއެވެ.
މިއީ 2024 ވަނަ އަހަރު ރަޖިސްޓްރީކުރި 5,142 މައްސަލައާ އަޅާބަލާއިރު 10.46 އިންސައްތައިގެ އިތުރުވުމެކެވެ.
މައްސަލަ ނިންމި މިންވަރަށް ބަލާއިރު، 2025 ވަނަ އަހަރު ޖުމްލަ 6,718 މައްސަލައެއް ނިންމާފައިވެއެވެ. މިއީ 2024 ވަނަ އަހަރު ނިންމި 5,432 މައްސަލައާ އަޅާބަލާއިރު 23.68 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެއިތުރުން، އިޖުރާއީ ނިންމުންތަކާއި އިޚްތިޞާޞާ ގުޅޭގޮތުން ނިންމި ނިންމުންތަކަށް ބަލާއިރު، 2024 ވަނަ އަހަރު 135 ނިންމުމެއް ނިންމާފައިވާއިރު، 2025 ވަނަ އަހަރު ނިންމާފައިވަނީ 126 ނިންމުމެވެ.
ވަގުތީ އަމުރުތަކާއި ކޯޓު އަމުރުތަކާ ގުޅޭގޮތުން ނިންމި ނިންމުންތަކަށް ބަލާއިރު، 2024 ވަނަ އަހަރު 103 މައްސަލައެއް ނިންމާފައިވީ ނަމަވެސް، 2025 ވަނަ އަހަރު މި އަދަދު ވަނީ 166 އަށް އުފުލިފައެވެ.
މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 63 މައްސަލައިގެ އިތުރުވުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓާސް ލިސްޓަށް 128 ޝަކުވާއެއް
11 މިނިޓު ކުރިން

މަސްތުވާތަކެތީގެ މައްސަލަ ހައްލު ގެނައުމަށް ސަރުކާރުގެ އޮތީ ހެޔޮ ނިޔަތެއް: އެންޑީއޭގެ ޗެއާމަން
3 ގަޑިއިރު ކުރިން

އެކަނިވެރި ބެލެނިވެރިންނަށްދޭ އެލަވަންސަކީ ކުރެވޭ އިންވެސްޓްމެންޓެއް: މިނިސްޓަރު ޢާއިޝަތު ޝިހާމް
3 ގަޑިއިރު ކުރިން

ސަރުކާރުގެ ޓެކްސީ ހިދުމަތަށް ޑްރައިވަރުން ހޯދަން ވޯކިން އިންޓަވިއުއެއް
3 ގަޑިއިރު ކުރިން


