
މޫސުން ގޯސް، ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު

ޝަހްޒާ މުޙައްމަދު - 09 ޑިސެމްބަރު 2025 - 07:20
ރާއްޖޭގެ މޫސުންގޯސްވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
އެގޮތުން ފުވައްމުލަކާއި އައްޑޫ ސިޓީ ފިޔަވާ އެހެން ހުރިހާ ސަރަޙައްދަށް ވަނީ ވައިޓް އެލާޓްނެރެފައެވެ.
އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއި ގުގުރުން އަދި ވިލާގަނޑުގައި ވައިގަދަވާނެކަމަށް ލަފާކޮށެވެ. މެޓުން ލަފާކޮށްފަވާގޮތުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިދަގަވުން އެކަށީގެންވެއެވެ. އެ އެލާޓް ނެރެފައިވަނީ މެންދުރު 12:30އާ ހަމައަށެވެ. ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ހިސާބުތަކަށް ކެރީގެ އަސަރުކޮށްފަވެއެވެ.
އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑްކޮށްފައިވާ ބ.ގޮއިދޫއަށް 117 މިލިމީޓަރުގެ ވާރެ ވަނީ ވެހިފައެވެ. މޫސުން ގޯސްވާ ވަގުތުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބާޒާރުގައި ތެލުގެ އަގު ދަށެއް ނުވޭ: ވަޒީރު މޫސާ ޒަމީރު
13 ގަޑިއިރު ކުރިން

މާރިޗް މަހު މީރާގެ ޖުމްލަ އާމްދަނީގެ %78.51 ޑޮލަރުން
13 ގަޑިއިރު ކުރިން

ޕީއެންސީގެ ޒިންމާއަކީ ރައްޔިތުންނަށް ފުރިހަމަ ވެރިކަމެއް ކޮށްދިނުން: ސައީދު
14 ގަޑިއިރު ކުރިން

ދާއިރާގެ ރައްޔިތުންނާއި ގުޅިގެން ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން އަރުވަން: ސައީދު
14 ގަޑިއިރު ކުރިން


.gif&w=3840&q=75)