logo

ބަނގުރާފުޅިތަކާއެކު ހަތަރު މީހަކު ހައްޔަރު

profile

ރިޟްވާން މޫސާ - 12 ޖެނުއަރީ 2026 - 18:38

ބަނގުރާ ފުޅިތަކަކާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

https://wamco.com.mv/

ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގަ އެވެ. މި ހަތަރު މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރެވެނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.

މި އޮޕަރޭޝަންގައި، މަސްވެރިންގެ ޕާކު ސަރަހައްދުން އެ ހަތަރު މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ގ.ހެޕީ ސައިޑް އުމުރުން 43 އަހަރުގެ މުހައްމަދު ނާއިޝް އާއި، ޅ.ހިންނަވަރު ހނދާން އުމުރުން 31 އަހަރުގެ އިކުރާމް އަބުދުއްރަޙްމާން އާއި، އިތުރު ދެ މީހެކެވެ.

މީގެ ތެރެއިން މުހައްމަދު ނާއިޝް އާޢި، އިކްރާމް އަށޤ ވަނީ 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން އަމުރުކޮށްފަ އެވެ. އަނެއް ދެ މީހުން ވަނީ ޝަރުތު ތަކަކާއެކު ދޫކޮށްލާފަ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay