
ސަރުކާރުގެ ޕޮލިޓިކަލް ޑައިރެކްޓަރު ވަކިކޮށްފި

ރިޟްވާން މޫސާ - 12 ޖެނުއަރީ 2026 - 18:00
މި ސަރުކާރުގެ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ގއ.ވިލިގިލީ އައިޒަން އަހުމަދު އަނާމް އިބްރާހިމް މަގާމުން ވަކިކޮށްފި އެވެ.
އަސްލު މީޑިޔާ އަށް މައުލޫމާތުދެއްވަމުން ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވީ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމުން އަހުމަދު އަނާމް މިއަދު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކިކުރީ ކީއްވެގެން ކަމެއް އަދި ސަރުކާރަކުން ހާމައެއް ނުކުރެއެވެ.
އަސްލު މީޑިޔާއަށް އެނގިފައިވާ ގޮތުގައި އަނާމް ވަނީ ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ހައްޔަރުކޮށްފަ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން، ގއ.އަތޮޅުގެ 10 ތަނެއްވަނީ ބަލާ ފާސްކޮށްފައެވެ. މިމައްސަލައިގައި ފުލުހުންވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. މި މީހުންގެ ތެރެއިން އަނާމް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފަ އެވެ.
އަނާމް އަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
މީގެ ކުރިންވެސް ޤާނޫނާއި ގަވާއިދާ ޚިލާފަށް އެކި ކަންކަމުގައި ހަރަކާތްތެރިވެފައިވާ ސަރުކާރުގެ އިސް މީހުންނާމެދު ސަރުކާރުންވަނީ ފިޔަވަޅު އަޅުއްވާފައެވެ. ސަރުކާރުންވަނީ ޤާނޫނާއި ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާ މެދު ފިޔަވަޅުއެޅުމަށް ސަރުކާރު ފަސްނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ދާދި ފަހަކުން ވަނީ ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު ސަމާހުވެސް ވަކިކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

މަނީލޯންޑަރިންގެ ބޮޑެތި ވައްކަންތަކެއް- 53 ބޭންކް އެކައުންޓް ފްރީޒްކޮށްފި
5 ގަޑިއިރު ކުރިން

ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ތަމްރީނުކުރުން- ހުވަދުއަތޮޅު ދެކުނުބުރީގެ ޕްރޮގްރާމުތައް
6 ގަޑިއިރު ކުރިން

ބަނގުރާފުޅިތަކާއެކު ހަތަރު މީހަކު ހައްޔަރު
6 ގަޑިއިރު ކުރިން

ގަވައިދާ ޙިލާފު ސިގިރެޓު ވިޔަފާރި- ބިދޭސީ މީހާގެ ބަންދު އިތުރުކޮށްފި
11 ގަޑިއިރު ކުރިން


