logo

ގަވައިދާ ޙިލާފު ސިގިރެޓު ވިޔަފާރި- ބިދޭސީ މީހާގެ ބަންދު އިތުރުކޮށްފި

profile

ރިޟްވާން މޫސާ - 12 ޖެނުއަރީ 2026 - 12:49

ގަވައިދާ ޙިލާގަށް ސިގިރެޓު ވިއްކަމުން ދަނިކޮށް އަތުލައިގެތް ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

https://wamco.com.mv/

ގަވައިދާ ހިލާފަށް ރާއްޖެއަށް ދުންފަތް އެތެރެކުރުމާއި ވިއްކުން ހުއްޓުވުމަށް ކަސްޓަމްސްއިން ހާއްސަ އޮޕަރޭޝަނެއްތަކެއް ފަށައިގެން ކުރިއަށްދާއިރު ފުލުިހުންނާއި، އިމިގްރޭޝަން ވެސް ގުޅިގެން ދަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި ކުރަމުންދާ ވިޔަފާރި ތަކާއި ބިދޭސީން ހޯދައި އެތަންތަން ބަންދުކޮށް ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝުކޫރު އަލީ އެވެ.

އޭނާ ހައްޔަރުކުރީ އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި" ގެ ތެރެއިން މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހުގެ ރޭގަ އެވެ.

މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓް ފޮއްޓާއި 3،200 އަށްވުރެ ގިނަ ޔޫއެސް ޑޮލަރާއި 2،900 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށާއި އޭނާ އުޅޭ ތަން ބަލައިފާސްކުރިއިރު 32 ކާޓޫން ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓް ފެނިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

އޭނާ ހައްޔަރު ކުރުމަށް ފަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ އަށް 15 ދުވަހުގެ މުއްދަތެއް ކުރިން ވަނީ ޖަހައިދީފަ އެވެ. ނަމަވެސް ބަންދުގެ މުއްދަތު ހަމަވުމުން އިއްޔެ ވަނީ އަލުން އޭނާ 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފަ އެވެ.

ކަސްޓަމްސް އިން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި، ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި ގާނޫނާއި ގަވާއިދާ ހިލާފަށް ވިއްކަމުންދާ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި، ސިއްހީ ވުޒާރާއިން އާންމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ނުޖަހައި ހުންނަ ދުންފަތުގެ ބާވަތްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް ކަސްޓަމްސްއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެއްވެސް ފަރާތަކުން އެފަދަ ތަކެތި ވިއްކާކަން ނުވަތަ އެއްވެސް މުއާމަލާތެއް ކުރާކަން އެނގިއްޖެނަމަ، ކަސްޓަމްސްގެ ހިލޭ ގުޅޭ ނަންބަރު 1416 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ

https://wamco.com.mv/
https://eportal.mwsc.com.mv/e-pay