
މައުރޫފް ޑޮކްޓަރަށް ގެންދިޔައީ ބަންދުގައި ހުންނަވަނިކޮށް ދިމާވި ކަމަކުން ނޫން: ފުލުހުން

ޝަހްޒާ މުޙައްމަދު - 13 ޑިސެމްބަރު 2025 - 15:48
ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ޑޮކްޓަރަށް ދެއްކެވީ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވި ކަމަކާ ގުޅިގެން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
މަޢުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މަސްވެރިން ކުރަމުންދާ އިހުތިޖާޖާ ގުޅިގެން މިދިޔަ ބުދަ ދުވަހުއެވެ.
ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކެޓްރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މަޢުރޫފް ޒާކިރު (މަޓޭ)އަށް ލިބުނު އަނިޔާއަކާ ގުޅިގެން ، އައިޖީއެމްއެޗްގައި އޮޕަރޭޝަނެއް ކުރުމުގެ ކަންކަން ކުރިއަށްދާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީއިން ބުނީ އެ އޮޕަރޭޝަނަކީ، ދޯންޏަށް އަރާ، ފުލުހުން މަޓޭ ހައްޔަރުކުރުމުގެތެރެއިން ލިބިފައިހުރި ގެއްލުންތަކެއްގެ ސަބަބުން ކުރަން ޖެހޭ އޮޕަރޭޝަނެއްކަމަށެވެ.
ފުލުހުން ބުނީ، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު، ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންދެވިފައިވަނީ އަމިއްލަ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކަން އެދިވަޑައިގަތީ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވި ކަމަކާ ގުޅިގެން ނޫން ކަމަށެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
މިމަހުގެ 10 ވަނަ ދުވަހު މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން 3 ދޯންޔަކާއި 3 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ގެންދިޔަ ތިން މީހުންގެ މައްޗަށް ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.ފުލުހުން ބުނީ ބާރުގެ ބޭނުންކޮށް އިހުތިޖާޖު ރޫޅާލަން ޖެހުނީ މާލެ ކައިރީގައި މުޒާހަރާކުރަމުންދިޔައިރު ތަކުރާރުކޮށް ނަސޭހަތްދިނުމުން ވެސް އެކަންކަމަށް މަސްވެރިންގެ ޔޫނިއަނުން އިޖާބަ ދީފައިނުވާތީ ކަމަށެވެ. އަދި އެ ތިންމީހުން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުން ވާންޖެހޭނީ އިލްމީ ދިރާސާތަކުން ނަތީޖާ ނެރޭ ބަޔަކަށް: ސީޕީ
2 ގަޑިއިރު ކުރިން

މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
2 ގަޑިއިރު ކުރިން

އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތުން ކުށްވެރިކޮށްފި
3 ގަޑިއިރު ކުރިން

"ދިވެހި ރައްޔިތުންގެ ހައްގުގައި މި ސަރުކާރުން ކޮށްދިން އެއްވެސް ކަމެއް ނެތް، ދައުލަތުގެ މާލިއްޔަތު ލޫޓުވައިފި"
4 ގަޑިއިރު ކުރިން


