logo
ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު / ފޮޓޯ: މަޖިލިސް

ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު / ފޮޓޯ: މަޖިލިސް

އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުން ފެނިގެންދޭ : މެމްބަރު ޝާހިދު

profile

މުޙައްމަދު ފަޟްލޫން - 12 ނޮވެމްބަރު 2025 - 17:17

އައްޑޫގެ ތަރައްގީގެ މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުން ފެނިގެންދާ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރައްވައި ޝާހިދު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ދޭންޖެހޭ ސިއްހީ ހިދުމަތްތައް ފުޅާކުރަން އައްޑޫ ހުޅުދޫ އާއި މީދޫގެ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވެގެންދާތަން އަންނަ އަހަރުގެ ބަޖެޓުން ފެނިގެންދާ ކަމަށެވެ.

އައްޑޫ އަތޮޅުގެ އިގްތިސާދު ހަރުދަނާކޮށް ނެގެހެއްޓުމަށްޓަކައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި އައްޑޫގެ އެއަރޕޯޓް އިތުރަށް ބޮޑުކޮށް އެތަނުގެ ކޮމާޝަލް ބަނދަރުތައް ވަރުގަދަކޮށް ބަންކަރިންގ އާއި އެހެނިހެން ހިދުމަތްތައް ފެށިގެންދާތަން އަންނަ އަހަރުގެ ބަޖެޓުން ފެނިގެންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ބަޖެޓުން ފާއިތުވި ދުވަސްތަކުގައި ފެނިގެން ގޮސްފައިވަނީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރީގެ ސަރުކާރުން ކަނޑުންނާއި ފަޅުންނާއި އަޑިންނާއި މަތިންނާއި ދީފައިހުރި ގޯތިތައް ހިއްކުމަށްޓަކައި ބޮޑުބައެއް ހަރަދު ކުރި މަންޒަރު ކަމަށް ޝާހިދު ވިދާޅުވިއެވެ.

ގިރާވަރު ފަޅާއި ގުޅީފަޅާއި ހުޅުމާލެ ފޭސް 3 ކުން ކުރީ ސަރުކާރުން ދީފައިހުރި ގޯތިތައް ހުރީ ކަނޑު އަޑީގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގޯތިތައް ދިނުމަށްޓަކައި ބަޖެޓްގެ ބޮޑުބައި ފެނިގެންދިޔައީ މިދިޔަ އަހަރުވެސް ބިން ހިއްކުމުގެ މަސައްކަަތަށް ހަރަދުވެގެންދިޔަތަން ކަމަށް ޝާހިދު ވިދާޅުވިއެވެ،

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ގޯއްޗާއި ފްލެޓް ދިނުމަށްޓަކައި ވަރަށް ހަލުވި ސްޕީޑެއްގައި އިތުރު ބާޖުތަކާއި އިތުރު ކޮންނަ ބޯޓްތައް އައިސް މުޅި މާލެ އޭރިއާ ހިއްކުމަށް މަސައްކަތް ފެށިގެންދާ ވާހަކަ ދާދިފަހުން އަޑު އިވިގެން ގޮސްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ބަޖެޓަކީ ހުށަހަޅާ އަންދާސީ ހިސާބެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay