
ފިތުރު ޢީދުގައި ހުވަދު އަތޮޅަށް ހުޅުވާލައިގެން ގެމަނަފުށީގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 01 މާރިޗު 2025 - 11:45
އަންނަ ފިތުރު ޢީދުގައި މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ގެމަނަފުށީގައި 3 އޮން 3 ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ އަތޮޅުތެރޭ ރަށެއްގައި ހެދިފައިވާ އެންމެ ފުރަތަމަ އަދި އެންމެ ފުރިހަމަ 3 އޮން 3 ދަނޑުގައި ކުޅެވޭ މުބާރާތެވެ.މި މުބާރާތް އިންތިޒާމްކުރަނީ ގެމަނަފުށީ ސްޕޯޓްސް ކުލަބާއި، ގެމަނަފުށީ ކައުންސިލް އަދި ގެމަލޭންޑް ޓީވީ އިންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މުޅި ހުވަދު އަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީއަށްވެސް ކަމަށް އިންތިޒާމް ކޮމިޓީން މަޢުލޫމާތު ދެއްވިއެވެ.
ގެމަނަފުށީ ސްޕޯޓްސް ކުލަބުގެ ރައީސް އައިހަމް އަލީ ވިދާޅުވީ، "މި މުބާރާތަކީ އަތޮޅުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެކުވެރިކަން ބަދަހިކުރުމަށް ރޭވިފައިވާ މުހިންމު ހަރަކާތެއް" ކަމަށެވެ.މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މާރޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށް އިންތިޒާމް ކޮމިޓީން ހާމަކުރިއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު ޓްރޮފީއެއް ދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ފިތުރު ޢީދުގައި ކަމަށްވާތީ، މުބާރާތުގެ ތައްޔާރީތައް ފުރިހަމަކުރުމަށް އިންތިޒާމް ކޮމިޓީން ދަނީ މަސައްކަތްކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މެޑަމް ސާޖިދާ "ވިވިޑް ރިއަލިޒަމް - ބައި ހުސައިން" މައުރަޒު އިފުތިތާހުކޮށްދެއްވައިފި
2 މިނިޓު ކުރިން

ދ އަތޮޅު ހޮސްޕިޓަލްގައި ޑަޔަލަސިސްގެ ހިދުމަތް ފަށައިފި
4 މިނިޓު ކުރިން

ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެއްވެސް ފަރާތަކުން މައުލޫމާތުނުފެތުރުން އެދެން: އީސީ
5 މިނިޓު ކުރިން

ދެކުނުގެ 4 އަތޮޅު ވައިގެ ދަތުރުން ގުޅާލަން މޯލްޑިވިއަން އިން ތައްޔާރުވެއްޖެ
8 މިނިޓު ކުރިން


