logo

މުރަކަ އާލާކުރުމަށް "ރީފްސީޑް" ގެ ނަމުގައި ބޮޑު މަޝްރޫއެއް

profile

އައިޝަތު އިނާޝާ - 17 މާރިޗު 2025 - 19:10

އެކުއަކަލްޗަރ ސިސްޓަމެއް މެދުވެރިކޮށް މުރަކަ ވިއްސައި ފުޅާ ދާއިރާއެއްގައި ފަރުތައް އިޔާދަ ކުރުމުގެ މަގުސަދުގައި، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އޮސްޓްރޭލިއަން އިންސްޓިޓިއުޓް ފޮރ މެރިން ސައިންސް (އެއިމްސް) އަދި ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަން (ސީއެސްއައިރޯ) އާ ގުޅިގެން "ރީފްސީޑް" ގެ ނަމުގައި ބޮޑު މަޝްރޫއެއް ފަށައިފިއެވެ.

https://wamco.com.mv/

މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްއެވެ.

މި މަޝްރޫއުއަކީ، ކޮރަލް ރިސާރޗް އެންޑް ޑިވެލޮޕްމަންޓް އެކްސެލެރޭޓަރ ޕްރޮގްރާމް (ކޯޑެޕް) ގެ އެހީގައި ހިންގޭ 3 އަހަރު ދުވަހުގެ މަޝްރޫއުއެކެވެ.

މިމަޝްރޫއުގެ އަމަލީ މަސައްކަތްތައް ރާއްޖޭގައި ފެށުން ފާހަގަ ކުރުމަށްޓަކައި "ރީފް ސީޑް ޑެމޮންސްޓްރޭޝަން ޑޭ" ގެ ނަމުގައި ޚާއްސަ ހަރަކާތެއް ހޯމަދުވަހު ވަނީ ކ. މަނިޔަފުށީގައި ބާއްވާފައެވެ.

undefined

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި ރީފްސީޑް މަޝްރޫއުގެ ދަށުން "ރީފްސީޑް ސިސްޓަމް" ގެ ނަމުގައި، މުރަކައިގެ ބިސް އަދި ލާރވޭ ބޭނުންކޮށްގެން މުރަކަ އާލާކުރުމުގެ ޚާއްސަ އެކުއަކަލްޗަރ ކޮންޓެއިނަރ ސިސްޓަމެއް އޮސްޓްރޭލިޔާގައި ތައްޔާރުކޮށް، އެ ސިސްޓަމް މިހާރުވަނީ ކ.މަނިޔަފުށީގައި ހިންގާ މެރިކަލްޗަރ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ބެހެއްޓިފައެވެ.

އަދި ރާއްޖޭގައި ޢާންމުކޮށް މުރަކަ ވިހާ ދުވަސްވަރު ކަމަށްވާ ފެބްރުއަރީ އާއި މެއި މަހާއި ދެމެދު ރީފްސީޑް ސިސްޓަމްގެ ބޭނުންކުރުން ފަށައި އަދި ސިސްޓަމްގެ ޒަރީއްޔާއިން ފަރުތައް އިޔާދަކުރުން ތަޖުރިބާ ކުރުމުގެ ތައްޔާރީތައް ދަނީ ވަމުން ކަމަށާއި މިސިސްޓަމްގައި މުރަކައިގެ ބިސް، އެކުއަކަލްޗަރ ފަންނުތައް ބޭނުންކޮށްގެން، ލާރވޭގެ ސްޓޭޖުން ފަރުތަކުގައި އަށަގަންނަ މިންވަރަށް ބޮޑުކޮށް އަދި ކަނޑައެޅޭ ފަރުތަކަށް ބަދަލުކޮށް، މި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފުޅާ ދާއިރާއެއްގައި ފަރުތައް އިޔާދަކުރުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމުގެ ދިރާސާ މަސައްކަތްތައް ކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރީފްސީޑް މަޝްރޫއުގެ އަމަލީ މަސައްކަތްތައް ރާއްޖޭގައި ފެށުމުގެކުރިން އެމް.އެމް.އާރް.އައިގެ މުވައްޒަފުން ވަނީ 2024 ވަނަ އަހަރު، އޮސްޓްރޭލިއާގެ އެއިމްސްގެ ފެސިލީޓީގައި މުރަކަ ވިއްސާ އާލާކުރުމާއި ފަރުތައް އިޔާދަކުރުމުގެ ފަންނުތަށް އުނގެނި ރީފްސީޑް ސިސްޓަމް ބޭނުންކުރުމަށް ތަމްރީނުދެވިފައެވެ.

"ރީސް ސީޑް ޑެމޮންސްޓްރޭޝަން ޑޭ" ގޮތުގައި ކ. މަނިޔަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި، ފަރުތައް ހިމާޔަތްކޮށް އިޔާދަކުރުމުގެ މަސްލަހަތުވެރި ސަރުކާރުގެ އިދާރާތަކާއި ޖަމްއިއްޔާތަކުގެ ބޭފުޅުން ރީފްސީޑް ސިސްޓަމަށް އަހުލުވެރިކުރުވައި އަދި ކުރިއަށް ރޭވިފައިހުރި މަސައްކަތްތަކުގެ މަޢުލޫމާތު ދިނުން ހިމެނެއެވެ.

https://wamco.com.mv/
https://www.aslu.com.mv