
ފުޓްސަލް ޓީމަށް އައްސަރިބަހާއި ޝުކުރު ތަކުރާރުކުރަން: ރައީސް

ޝަހްޒާ މުޙައްމަދު - 24 ޖެނުއަރީ 2026 - 12:33
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއްކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ގައުމީ ޓީމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ތައިލޭންޑްގެ ނޮންތަބުރީ ސްޓޭޑިއަމްގައި ކުރިޔަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ގައުމީ ޓީމުން ހޯދި މި ފަހުރުވެރި ކާމިޔާބީ ފާހަގަކުރައްވާ ސޯޝަލް މީޑިއާގައި ރައީސް ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރީން މި ހޯދި ބޮޑު ކާމިޔާބީގެ އުފަލުގައި މާތްﷲގެ ޙަޒްރަތަށް ޙަމްދު ކުރުން އިސްކުރައްވާ ކަމަށެވެ. އަދި ޤައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ޝުކުރު ތަކުރާރުކުރަައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް އުޖާލާކަމެއް. ވަކީން ޚާއްޞަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް. މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް" ރައީސް ވިދާޅުވިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ، ރާއްޖޭގެ ފަސްވަނަ މެޗުގައި ބޫޓާނުގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ. މި މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ މޮޅުވެފައެވެ. އަދި މުބާރާތުގައި ރާއްޖެއަށް ބާކީ އެއް މެޗު އޮތްކަން ވެސް ފާހަގަކޮށްލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންގްލަދޭޝްއިން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފި
2 ގަޑިއިރު ކުރިން

ހުސްވި ހަފްތާގައި އެމްޕީއެލުން 44،000 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި
2 ގަޑިއިރު ކުރިން

މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
5 ގަޑިއިރު ކުރިން

އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ އިދިކޮޅު ބޭފުޅެއް: ރައީސް
5 ގަޑިއިރު ކުރިން


.gif&w=3840&q=75)